ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 10:35
ފިލްމް \'\'ނަރެންދްރަ މޯދީ\'\' ގެ ޕޯސްޓަރު
ފިލްމް ''ނަރެންދްރަ މޯދީ'' ގެ ޕޯސްޓަރު
ބޮލީވުޑް ލައިފް
ފިލްމް ޕީއެމް ނަރެންދްރަ މޯދީ
ފިލްމް ''ޕީއެމް ނަރެންދްރަ މޯދީ'' އަންނަ މަހު ސިނަމާތަކަށް
މި ފިލްމް މުޅި އިންޑިއާގައި ރިލީޒްކުރާނެ
ފިލްމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއް

ފިލްމް ''ޕީއެމް ނަރެންދްރަ މޯދީ'' އަންނަ މަހުގެ 12 ވަނަ ދުވަހު އިންޑިއާގެ ސިނަމާތަކުގައި އަޅުވަން ނިންމައިފިއެވެ.

މި ފިލްމް މުޅި އިންޑިއާގައި ރިލީޒްކުރާއިރު މި ފިލްމް ޑައިރެކްޓުކޮށްފައި ވަނީ މަޝްހޫރު ފިލްމްތައް ކަމަށްވާ މޭރީކޮމް، މީގެ ކުރިން ޑައިރެކްޓުކޮށްފައިވާ އޮމަންގް ކުމާރުއެވެ.

މި ފިލްމަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުން ދައްކުވައިދެނީ އެމަނިކުފާނު އިންޑިއާގެ ގުޖުރާތުގެ ޗީފް މިނިސްޓަރުކަމުން ޤައުމުގެ ބޮޑުވަޒީރު ކަމަށް ހޮވިވަޑައިގެންނެވި ގޮތުގެ ދަތުރުފުޅެވެ.

ފިލްމްގެ ޝޫޓިންގ އިންޑިއާގެ ގުޖުރާތުގައި ޖެނުއަރީ މަހުގެ ފަހުކޮޅު ފަށާފައިވާއިރު މިހާރު ފިލްމްގެ ފަހު ޝޫޓިންތައް ކުރިއަށްދަނީ މުމްބާއީގައެވެ.

"މި ފިލްމަކީ ވަރަށް ހާއްސަ ފިލްމެއް، މި ވާހަކަ އެންމެންނަށް ކިޔައިދޭން ޖެހޭ، އުންމީދުކުރަނީ މި ވާހަކަ އަޑުއަހައިގެން ވަރަށް ގިނަ ބަޔަކު އިންސްޕަޔަރވާނެ ކަމަށް. ވަރަށް އުފާވޭ 1.3 ބިލިއަން މީހުންގެ ވާހަކަ ރިލީޒް ކުރެވޭތީ" ފިލްމްގެ ޕްރޮޑިއުސަރު ސަންދީޕް ސިންގް ބުންޏެވެ.

ފިލްމްގެ ޕޯސްޓަރު ޖެނުއަރީ މަހު 27 ބަހަކުން ލޯންޗުކޮށްފައިވާއިރު މޯދީގެ ރޯލުން ފެނިގެންދާނީ ވިވެކް އޮބެރޯއީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް