ކ. މާލެ
|
16 މާރޗް 2019 | ހޮނިހިރު 08:48
ވިކީ ކައުޝަލް
ވިކީ ކައުޝަލް
ހޮލީވުޑް ލައިފް
ބޮލީވުޑް
ރާކޭޝް ޝަރްމާގެ ބައޯޕިކްގައި ފެނިގެންދާނީ ވިކީ ކައުޝަލްތަ؟
"އުރީ" ގެ ކާމިޔާބަށް ފަހު ވިކީ ވަނީ އިތުރު ފިލްމެއް ކުޅެން ސޮއިކޮށްފައި

ޖައްވަށް ދިޔަ އިންޑިއާގެ ފުރަތަމަ މީހާ ކަމަށްވާ ރާކޭޝް ޝަރްމާގެ ބައޯޕިކް "ސާރޭ ޖަހާސެ އައްޗާ" ގެ ލީޑް ރޯލު ކުޅޭނެ އެކްޓަރއަކާ ބެހޭ ގޮތުން ވާހަކަދެކެވޭތާ ވަނީ ދުވަސްތެކެއް ވެފައެވެ.

މި ފިލްމްގެ ލީޑް ރޯލު ކުޅުމަށް އާމިރު ޚާން އަށް ހުށަހެޅުމުން ގިނަ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުންދާތީ މި ފިލްމަށް ވަގުތުދެވެން ނެތިގެން އާމިރު ވަނީ އެ އޮފަރ ޝާހުރުކް ޚާން އަށް ދީފައެވެ. ފިލްމްގެ ރައިޓަރ އަންޖުމް ރަޖަބާލީ ވަނީ އެފިލްމް މިހާރު ޝާހުރުކް ޚާން ދޫކޮށްލާފައިވާ ކަމަށް ބުނެފައެވެ.

ޝާހުރުކް ޚާން މި ފިލްމް ދޫކޮށްލީ "ޑޮން 3" ކުޅުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޝާހުރުކް ޚާން އެންމެ ފަހުން ކުޅުނު ފިލްމް "ޒީރޯ" ގެ ނާކާމިޔާބަށް ފަހު ވަރަށް ގިނަ ކަން ކަމަށް ބެލުމަށް ފަހުގައި ނޫނީ އިތުރު ފިލްމެއްގައި މަސައްކަތް ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޒީރޯ" އަށް ފަހު ޖައްވުގެ މަންޒަރުތައް ދައްކުވައިދޭ ފިލްމެއް ނުކުޅެން އޭނާ ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ތަހުލީލްތައް ކުރާ ފިލްމްތަކާއި ފިލްމް ބަލާ އޯޑިއޯންސަން އެހާ ކަމުނުދާ ރޯލުތައް އޭނާ ކުޅެން ބޭނުން ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ސާރޭ ޖަހާސެ އައްޗާ"ގައި ވިކީ ފެނިގެންދާނެތޯ ބޮލީވުޑް ހަންގާމާގައި އިން ސުވާލު ކުރުމުން ވިކީ ބުނެފައި ވަނީ އެ ފިލްމްގެ ބަތަލު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށާއި އެދުވަހަށް މަޑުކުރުމަށް އެދޭ ކަމަށެވެ.

"އުރީ" ގެ ކާމިޔާބަށް ފަހު ވިކީ ވަނީ އިތުރު ފިލްމެއް ކުޅެން ސޮއިކޮށްފައެވެ. އެ ފިލްމަކީ ޕަންޖާބްގެ ފްރީޑަމް ފައިޓާރއެއް ކަމަށްވާ އުދަމް ސިންގްގެ ބައޯޕިކްއެވެ.

ރާކޭޝް ޝަރްމާގެ ބައޯޕިކް ވިކީ ކުޅޭނެ ކަން އަދި މި ފިލްމް އުފައްދާ ފަރާތްތަކުން ޔަގީންކޮށްދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް