Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2017 | އަންގާރަ 08:43
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއަށް ފަހު މެމްބަރު ނިހާން ވަޑައިގަންނަވަނީ: ނިހާނު ވަނީ އެމްޑިޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއަށް ފަހު މެމްބަރު ނިހާން ވަޑައިގަންނަވަނީ: ނިހާނު ވަނީ އެމްޑިޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
މުހައްމަދު ޝަރުހާން
ފ. އަތޮޅު
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
ސައުދީ ރަސްގެފާނު އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިވޭ
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ސަބަބެއް އެއްވެސް ސަރުކާރަކުން ހާމައެއް ނުކުރޭ

ސައުދީ ރަސްގެފާނަށް ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން ނިންމާފައިވާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ، ކަންބޮޑުވާނީ އަނެއް ދިވެހިރާއްޖެއަށް ދާން ބެނުންވާ މީހުންގެ ގޮތުގައި ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ސިފަކުރައްވައިފި އެވެ.

 

ސައުދީ ސަރުކާރުގެ ހަބަރުތައް ގެނެސްދޭ، "ސައޫދީ ގެޒެޓް" ނޫހުގައި ބުނެފައިވަނީ، ރަސްގެފާނު ސަލްމާން ރާއްޖެއަށް ވަޑައިގަންނަވަނީ އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި ކަމަށެވެ. ރާއްޖޭގެ އިތުރުން އިންޑޮނީޝިއާ، ޖަޕާން، ޗައިނާ އަދި މެލޭޝިއާ އަށް ވެސް ރަސްގެފާނު ވަޑައިގަންނަވާނެ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. ނަމަވެސް ދަތުރުފުޅުކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތާރީހެއް ހާމަކޮށްފަ އެއް ނުވެއެވެ.

 

ސައުދީ ރަސްގެފާނުގެ މި ދަތުރުފުޅާ ގުޅިގެން، ވިލި މާފަންނު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ، އަހުމަދު ނިހާން ހުސެއިން މަނިކު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދު ރާއްޖެ ވަޑައިގަންނަވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރާ ބަޔަކު ރާއްޖެ އުޅޭނަމަ އެއީ، އެނެއް ދިވެހިރާއްޖެއަށް ދާން އުޅުނު ޖަމާއަތުގެ މީހުން ކަމަށެވެ.

 

އަނެއް ދިވެހިރާއްޖެއަކީ، އިދިކޮޅު އެމްޑީޕީން މީގެކުރީގެ ބައެއް އިންތިހާބުތަކުގައި ކެމްޕޭނަށް ބޭނުންކުރި ނަމަކެވެ.

 

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާއިރު، ގުދުރަތީ މުސްހަނދިކަން ލިބިފައިވާ ފ. އަތޮޅު އެ ރަސްގެފާނަށް ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް އަބްދުﷲ ޔާމީންވެސް ވާހަކަދައްކަވާފައިވާއިރު، އެ މަނިކުފާނު ސިފަކުރައްވާފައިވާގޮތުގައި ފ. އަތޮޅުގައި ސައުދީ ރަސްގެފާނު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ބޮޑު މަޝްރޫއު" އެކެވެ. ނަމަވެސް އެމަނިކުފާނުވެސް ސައުދީ ރަސްގެފާނު ފ. އަތޮޅުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވި ބޮޑު މަޝްރޫއުގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

 

ތޭވީސް ރަށާއި، ރީތި ފަރުތަކާއި ފިނޮޅުތައް ހިމެނޭ ފ. އަތޮޅު ސައުދީ ރަސްގެފާނަށް ވިއްކާލަން ނިންމާފައިވާކަމުގެ އަޑުތައް ފެތުރިފައިވާއިރު، މިހާތަނަށްވެސް ސަރުކަރުގެ އެއްވެސް އެކަން ދޮގުކޮށްފައެއް ނުވެއެވެ. ބައެއް މީޑިއާތަކުގައި ބުނެފައިވާގޮތުން ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ ފ، އަތޮޅު ވިއްކާލުމަށްފަހު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 ފެބްރުއަރީ 2017 | އަންގާރަ 12:49
މުހަންމާ
އިރާދަ ކުރެއްވިއްޔާ ރީދޫ ބައިގަޑަށް ދެން ކުރެވޭނެ ކަމެްނޯންނާއެވެ ލަލަލާ