ހެންވޭރު އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަލްހާން ފަހުމީ އެންޓި ކަރަޕްޝަން ކަމިޝަން
(އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފިއެވެ.
އަލްހާން އޭސީސީ އަށް ހާޒިރުވުމަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ތިނެއް ޖަހާއިރަށެވެ.
އޭސީސީ އިން އަލްހާން ހާޒިރުވުމަށް އަންގާފައިވަނީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގާނޫނާ ޚިލާފަށް މުބާރާތް ބާއްވައި ބޮޑެތި ފައިސާގެ އިނާމް ދީފައިވާ ކަމަށް ބުނާ ތުހުމަތުގައި ކަމަށް އެ ކަމިޝަނަށް ހާޒިރުވުމަށް އެންގި އަމުރުގައި ވެއެވެ.
Alhugandu #ACC ah Haaziruvumah Amuru Kuravvaifi !
— A L H A N F A H M Y (@AlhanFahmy) March 14, 2019
Ijthimaaee Harakaai Hinugumakee Kusheh Noon. pic.twitter.com/lJqFNHyztz
ގާނޫނުގައި ބުނާ ގޮތުން ތާއީދު ހޯދުމަށް ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި ކެމްޕެއިން ކުރުމުގައި ކެންޑިޑޭޓަކު ކުރިމަތިލައިގެން އުޅޭ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2000ރ. ގެ މަގުން ހިސާބުކުރުމުން ޖެހޭ އަދަދަށް ވުރެ ކެންޕެއިނަށް ޚަރަދު ކުރުން އަދި އެއްވެސް އިންތިޚާބީ ހައްގެއް ފައިދާ ވަކިފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ދީގެން ނުވާނެ ކަމަށް ކަމަށް ބުނެފައި ވެއެވެ.