މާލޭގެ ގުދަނެއްގެ ތެރޭގައި ދެ މީހަކު މާރާމާރީއެއް ހިންގާ ޒަޚަމް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީ ހިނގާފައިވަނީ ގަލޮޅު ލޯލާ ކައިރީގައި ހުރި ގުދަނެއްގެ ތެރޭގައެވެ.
މާރާމާރީގައި ޒަހަމްވެފައި ވަނީ 38 އަހަރުގެ ދިވެއްސަކާއި 25 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށާއި ބަނގުލަދޭޝް މީހާއަކީ ގަލޮޅުގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ ދެ މީހުންނަށް ވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާ ކަމަށާއި އެމީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެ މާރާމާރީއަކީ އެ ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއެއް ކަމަށާއި އެ މައްސަލާގައި ދިވެހި މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.