ހދ.ނެއްލައިދޫގައި ހުވަނި ގިނަ ވުމުގެ ސަބަބުން އެމްއެންޑީއެފުން އެރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ބުދަ ދުވަހު އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހދ. ނެއްލައިދޫގައި ހުވަނި ގިނަވެ އެކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކެއް ފޯރަމުންދާތީ އެމްއެންޑީއެފް ނޮދަން އޭރިއާ އާއި، އެރަށު ކައުންސިލު ގުޅިގެން ހުވަނި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ހުވަނި ކޮންޓްރޯލް ކުރުމަށް ގަސްގަހަށް ސްޕްރޭ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
HDh. Nellaidhoo gai Huvani Ginave, Rayyithunnah Un'dhagoo Foaramundhaathee MNDF Northern Area in HDh. Nellaidhoo Council aa Gulhigen E Rashugai Huvani Control Kurumah Gasgahah Spray Kurumah Kuramundhaa Masakkathuge Therein pic.twitter.com/drOg0ZSxeA
— Maldives National Defence Force (@MNDF_Official) March 13, 2019
އެކަމާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު އިލްހާމް ވިދާޅުވީ، ބައެއް ސަރަހައްދުތަކުގައި އުޅެން ދަތިވާ ވަރަށް ހުވަނި އާލާވެފައިވާ ކަމަށާއި، އެކަން ހައްލު ކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީގެ ލަފާގެ މަތިން ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ސްޕްރޭ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ބުދަ ދުވަހު ހެނދުނު 9:30 ގައި ފެށި މި މަސައްކަތުގައި އެމްއެންޑީއެފާއި ރަށު ކައުންސިލުގެ އިތުރުން، ރަށުގެ ޒުވާނުންގެ ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބުނު ކަމަށް ނެއްލައިދޫ ކައުންސިލުން މައުލޫމާތުދެއެވެ.