Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 23:40
 މައުމޫންގެ ހަތަރު ބޭފުޅުން
މައުމޫންގެ ހަތަރު ބޭފުޅުން
ރާއްޖެއެމްވީ
މައުމޫންގެ އާއިލާ
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
އިމާރާތުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ
މާރާތުގެ ފެންވަރު ރަނގަޅު ނޫން ކަމަށް ވާތީ އެ ދައުވާއަށް އިންކާރު ކުރީ
ދައުވާ އުފުލާފައިވަނީ މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ކުންފުނިން ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އެބޭފުޅުން އިންކާރު ކުރައްވައިފިއެވެ.

ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން ކަމުގައިވާ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫނާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ގައްސާން މައުމޫނު އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ސޮއި ކުރައްވާ ހޯމަ ދުވަހު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އާރްސީސީ އިން ހެދި އިމާރާތުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އިމާރާތުގެ ފެންވަރު ރަނގަޅު ނޫން ކަމަށް ވާތީ އެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

އެ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއްގެ ގޮތުގަ އެވެ. ސިވިލް ކޯޓުގައި މި މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ވަނީ ދެފަރާތުން ބަޔާން ބަދަލުކޮށްފައެވެ.

މި މައްސަލައަކީ ކޯޓްގައި ކުރިއަށްދާ މައްސައަކަށް ވަތީ، ކޯޓުން މައްސަލަ ނިމުމުގެ ކުރިން އިތުރު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށް އެބޭފުޅުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އާރުސީސީން ދެ މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރީ، ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ ނަމުގައި ރަޖިސްޓްރީ އޮންނަ ގެއެއް އިމާރާތްކުރުމަށް ފަހު، އެ އިމާރާތުގެ އަގުގެ ގޮތުގައި ނުދައްކައި ބާކީ އޮތް ދެ މިލިއަން ރުފިޔާ ހޯދުމަށެވެ. އާރުސީސީން އިމާރާތްކުރި މި ގެ ހުންނަނީ ޗާންދަނީމަގުގަ އެވެ.

އާރްސީސީއަކީ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕަ އާއި ޑެޕިއުޓީ އެޓާރނީ ޖެނެރަލް އަހްމަދު އުޝާމްގެ ބައްޕަގެ ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް