Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 23:02
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް
ރާއްޖެއެމްވީ
މަހުލޫފް
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ހުއްދަ ދިނީ ބޭސްފަރުވާއަށް އިންޑިއާގެ ބެންގަލޫރުގައި ދިއުމަށް
ފުރުމަށް ހަމަޖެހިފައި ވަނީ މަދާމާ މެންދުރު
7 ދުވަހުގެ މުއްދަތު ހަމަވުމުން މަހުލޫފް އެބުރި ރާއްޖެ އަންނަ ޖެހޭ

ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ބޭސްފަރުވާއަށް އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދީފައިވާ ކަމަށް އޭނާގެ އާއިލާއިން  ބުނެފި އެވެ.

މަހުލޫފްގެ އަނބިކަބަލުން ނަޒުރާ ނަސީމް (ނަޒޫ) ވިދާޅުވީ ކަރެކްޝަންނަލް ސާވިސް އިން ހުއްދަ ދިނީ ބޭސްފަރުވާއަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯދަން 7 ދުވަހުގެ މުއްދަތެއް ކަމަށެވެ. ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު 12:45 ގައި ކަމަށް ނަޒްރާ ވިދާޅުވިއެވެ.

އެހެންނަމެވެސް މިކަމާއި ގުޅިގެން ކަރެކްޝަނުންގެ ބަހެއް ވަނީ އަދި ލިބޭގޮތް ނެވުފައެވެ.

މަހުލޫފަށް ދީފައިވާ 7 ދުވަހުގެ މުއްދަތު ހަމަވުމުން އެނާ އެބުރި ރާއްޖެ ވަޑައިގަންނަވަން ޖެހެއެވެ. އެހެންނަމަވެސް ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމަށް ހުށައެޅުމުގެ ފުރުޝަތު މަހުލޫފަށް އޮންނާނެކަމުގައި ވެއެވެ.

މަހުލޫފް އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވުމުން ޑްކްޓަރުންގެ ލަފާގެ މަތިން  މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގައި ވެސް ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައެވެ. އެ ފަހަރު މަހުލޫފަށް ދިނީ 10 ދުވަހުގެ މުއްދަތަކެއެވެ.

މަހުލޫފަށް ކުރިމަތިވެފައިވަނީ އެލާޖިކްވުމުގެ މައްސަލަތަކާއި ލޮލާއި ހަމުގެ މައްސަލަތަކެކެވެ. އެ މައްސަލަތަކުގައި އެތައް ފަހަރެއްގެ މަތިން މަހުލޫފް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވެއެވެ. މަހުލޫފްގެ އާއިލާ އިން ބުނާ ގޮތުގައި އޭނާ އަށް ދެމުންދަނީ އެންމެ އެކަށޭނެ ފަރުވާއެއް ނޫނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް