Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 22:23
ހީވާގި ކަނބަލުން އެކްސްޕޯގެ ކާޑުތައް ސިވިލް ސާވިސް އޮފީސްތަކަށް ދަނީ ބަހަމުން
ހީވާގި ކަނބަލުން އެކްސްޕޯގެ ކާޑުތައް ސިވިލް ސާވިސް އޮފީސްތަކަށް ދަނީ ބަހަމުން
ރާއްޖެއެމްވީ
ހީވާގި ކަނބަލުން އެކްސްޕޯ
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ
އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހު
ކާޑު ބަލައިގަތުމަށްފަހު އަމިއްލަ ގިނަ މައުލޫމާތު ތަކެއް ފޮނުވަންޖެހޭ
ދައުވަތު ކާޑުގައި ކިޔު އާރު ކޯޑުވަނީ ހިމަނާފައި

ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން އިސްނަންގަވައިގެން އިންތިޒާމް ކުރެވުމުންދާ "ހީވާގި ކަނބަލުން" އެކްސްޕޯ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތައް ހާޒިރު ވުމަށް ސިވިލް ސާވިސްގެ އޮފީސްތަކަށް ކާޑު ބަހަން ފަށައިފިއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މިނިސްޓްރީ އެއްގެ އޮފިޝަލަކު ބުނި ގޮތުގައި އެ އޮފީހަށް ގެނައި ކާޑުތައް އޮފީހުގެ މުވައްޒަފަކަށް ހަވާލުކޮށް އޮފީސް ތެރޭގައި ބަހަމުންދާ ކަމަށެވެ.

މި އެކްސްޕޯ އަކީ އަންހެނުންގެ މަސައްކަތްތެރިކަން ކުރިއެރުވުމަށާއި، އިގްތިސާދީ ގޮތުން އަންހެނުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެއް ކަމަށް ދައުވަތު ކާޑުގައި ލިޔެފައިވެއެވެ.

ހީވާގި ކަނބަލުން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތައް ސިވިލް ސާވިސްގެ އޮފީސްތަކުގައި ދައުރުވަމުންދާ ކާޑުގައި އެ ރަސްމިއްޔާތައް ދައުވަތުދެއްވަނީ މެޑަމް ފާތިމަތު އިބްރާހިމް ކަމަށް ލިޔެފައިވެއެވެ.

ދައުވަތު ކާޑާއެކު އިތުރު ހުދުކާޑެއް ފޮނުވާފައި އޮންނަ އިރު އޮފީސްތަކުގެ މުވައްޒަފުންނަށް އަންގަމުންދަނީ އެ ކާޑުގައި ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ފޯނު ނަމްބަރު ޖެހުމަށްފަހު ހުދުކާޑު އަނބުރާ ރައްދު ކުރަންޖެހޭނެ ކަމަށެވެ.

ދައުވަތު ކާޑާއެކު އިތުރު ކުޑަ ފެހި ކާޑެއް ވެސް ވަނީ ހިމަނާފައެވެ. އެކާޑުގައި ކިޔު.އާރު ކޯޑެއް ހިމަނާފައިވާކަން ފާހަގަ ކުރެވެއެވެ. މި ކާޑާއެކު ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ޑިވިޜަން އިން ފޮނުވާފައިވާ އިތުރު މައުލޫމާތު ހިމެނޭ ކާޑެއް ވަނީ އެޓޭޗް ކޮށްފައެވެ.

ހީވާގި ކަނބަލުންގެ އެކްސްޕޯ ބޭއްވުމަށް ހަމެޖެހިފައިވަނީ ފެބްރުއަރީ 24 ން 27 ށް ދަރުބާރުގޭގައެވެ. އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް