Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 22:12
ޑރ. ހުސައިން ނިޔާޒަށް ރައީސް ޔާމީން ފަތްކޮޅު ހަވާލުކޮށްދެއްވަނީ --
ޑރ. ހުސައިން ނިޔާޒަށް ރައީސް ޔާމީން ފަތްކޮޅު ހަވާލުކޮށްދެއްވަނީ --
ރައީސް އޮފީސް
ރައީސް އޮފީސް
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
ޑރ. ނިޔާޒަށް މަޖިލީޙުން ރުހުން ދީފައިވަނީ 60 މެމްބަރުންގެ އިއްތިފާގުން

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމަށް ހ. ނިޔާސާ، ޑރ. ހުސައިން ނިޔާޒު، ރައީސުލްޖުމްހޫރުއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޔަން ކުރައްވައިފި އެވެ.

ނިޔާޒަށް މަގާމުގެ ފަތްކޮޅު ދެއްވީ ހޯމަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިދިއަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖީލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަތަރު ވަނަ ޖަލްސާގައި ޔޫއޭއީއަށް ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ނިޔާޒަށް މަޖިލީހުން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ 60 މެމްބަރުންގެ އިއްތިފާގުން ނެވެ.

ރައްޔިތުންގެ މަޖިލީހުން ނިޔާޒަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ނިޔާޒު އައްޔަން ކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވެޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާތީ އެވެ.

ޑރ. ނިޔާޒު މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް