ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 09:07
2014 އިން ފެށިގެން ބޫތެފްލިކާ އާއްމުންގެ ތެރެއިން ފެނިފައިވަނީ
2014 އިން ފެށިގެން ބޫތެފްލިކާ އާއްމުންގެ ތެރެއިން ފެނިފައިވަނީ
އޭއެފްޕީ
އަލްޖީރިއާ
އަލްޖީރިއާގެ ރައީސް އިތުރު ދައުރަކަށް ކުރިމަތި ނުލައްވަން ނިންމަވައިފި
އިންތިޚާބު ބާއްވާނެ އިތުރު ތާރީޚެއް އިއުލާނެއް ނުކުރޭ

އަލްޖީރިއާގައި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބާއްވާ އިންތިޚާބު ފަސްކުރައްވައި، ފަސް ވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް އެ ގައުމުގެ ރައީސް އަބްދުލް އަޒީޒު ބޫތެފްލިކާ ވިދާޅުވެއްޖެއެވެ.

ރައީސް ބޫތެފްލިކާގެ ކެނޑިޑެެސީ އަނބުރާ ގެންދަވާފައިވަނީ ވޭތުވެ ދިޔަ  ހަފްތާތަކުގައި އަލްޖީރިއާގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރުމުންނެވެ.

އަލްޖީރިއާގައި 20 އަހަރުވަންދެން ވެރިކަންކުރައްވާފައިވާ ބޫތެފްލިކާ 2013ވަަނަ އަހަރު ސްްޓްރޯކެއް ޖެހިވަޑައިގެންނެވި ފަހުން އާއްމުންގެ ތެރެއިން ފެންނަނީ ވަރަށް މަދުންނެވެ.

އިންތިޚާބު ބާއްވާނެ އައު ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ. ވަޒީރުންގެ މަޖިލީހަށް ވެސް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަވާނެކަމަށް ބޫތެފްލިކާގެ ނަމުގައި ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އިންތިޚާބުގެ ކުރިން ރައީސް ބޫތެފްލިކާ އިސްތިއުފާ ދެއްވާނެކަމެއް ބަޔާނަކު ނުބުނެއެވެ.

އަލްޖީއާގެ ބޮޑުވަޒީރު އަހުމަދު އުޔަހިއާ އިސްތިއުފާ ދެއްވާފައެވެ. އެ މަގާމަށް އިންޓީރިއަރ މިނިސްޓަރ ނޫރައްދީން ބިދުއީ އައްޔަންކުރައްވާފައިވާއިރު އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް އޭނާއާ ހަވާލުކުރައްވާފައިވާކަމަށް އޭޕީއެސް ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

އުމުރުން 82 އަހަރުގެ ބޫތެފްލިކާ، ވެރިކަމުގެ ފަސްވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވުމާއި ގުޅިގެން އަލްޖީރިއާގައި ފެށި މުޒާހަރާތައްވަރުގަދަވުމުން އޭނާވަނީ އިތުރު ދައުރަކަށް ހޮވި ވަޑައިގެންފިނަމަ މަގާމުގައި ހުންނަވާނި އެންމެ އަހަރަކު ކަމަށް ވިދާޅުވެ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ ހުށަހެޅުމަށްވެސް ރައްޔިތުންވަނީ ދެކޮޅު ހަދާފައެވެ.

 

- ކޮމެންޓް
12 މާރޗް 2019 | އަންގާރަ 08:38
ihaaru.
ދަލިވިންގް ޑެޑް