Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 18:50
ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާކުރާ މާލަން--
ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާކުރާ މާލަން--
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
އެ ރިޕޯޓްތައް މަޖިލީހުން ފާސްކޮށްފައިވަނީ ޥޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްތުން
ހޯމަދުވަހުގެ ޖަލްސާގައި، މަޖުބޫރު ކޮށްގެން ޕީޕީއެމަށް މީހުން ވައްދާތީ މަޖިލީހަށް ހުށަހެޅި ގަރާރުގެ ފުރަތަމަ ކިޔުން ވެސް އިއްވި

ސަރުކާރުގެ ފަސް މިނިސްޓްރީއެއްގެ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއް ކަމަށް ރައްޔިތުންނަށްގެ މަޖިލީހުން ފާސްކޮށްފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއިން ދިރާސާކޮށް ނިންމާ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ފަސް މިނިސްޓްރީއެއްގެ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ރިޕޯޓުތައް ވަނީ ފާސްކޮށްފަ އެވެ.

 

އެ ރިޕޯޓުތަކަކީ ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ އެ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓާއި، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުންފޮނުއްވާފައިވާ މައްސަލަ އެކޮމެޓީން ނިންމިގޮތުގެ ރިޕޯޓުގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ކޮމެޓީން ނިންމިގޮތުގެ ރިޕޯޓެވެ.

 

މީގެއިތުރުން، އެޓަރނީ ޖެނެރަލް އޮފީހުގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓުގެ އިތުރުން ހެލްތް މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ވެސް މީގެ ތެރޭގައި ހިމެނެއެވެ.

 

މި ފަސް ރިޕޯޓު ފާސްކޮށްފައިވަނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

 

މީގެއިތުރުން ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ، ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިންގާ ޕީޕީއެމްގެ އިސްވެރިންގެ ނުފޫޒު ބޭނުންކޮށް، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި ސަރުކާރު ހިންސާވާ ކުންފުނިތަކުގެ މުވައްޒަފުން ލައްވާ މަޖުބޫރުން ޕީޕީއެމަށް ސޮއި ކުރުވަމުންދާ ކަމަށް ބުނެ މާފަންނު ހުޅަނދު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ހުށަހަޅާފައިވާ ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް