ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 09:48
ކުދިން މަރުވެފައިވަނީ މާޗް މަހުގެ8-7 ދެމެދު
ކުދިން މަރުވެފައިވަނީ މާޗް މަހުގެ8-7 ދެމެދު
މުހައްމަދު ޝަރުހާން
ޓިއުނީޝިއާ
އެގާރަ ކުއްޖެއްގެ މަރާގުޅިގެން ޓިއުނީޝިއާގެ ހެލްތު މިނިސްޓަރ އިސްތިއުފާ ދެއްވައިފި
ޓިއުނީޝިއާއަކީ އުތުރު އެފްރިކާގެ އެންމެ ރަނގަޅު ޕަބްލިކް ހެލްތު ދާއިރާއެއް އޮތް ގައުމު

ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގެ ހޮސްޕިޓަލެއްގައި އަލަށް އުފަންވި 11 ކުއްޖަކު މަރުވި ހާދިސާއާއި ގުޅިގެން އެ ގައުމުގެ ހެލްތު މިނިސްޓރ އަބްދެރައޫފު ޝެރިފް އިސްތިއުފާދެއްވައިފިއެވެ.

ޓިއުނީޝިއާގެ ހެލްތު މިނިސްޓްރީން ބުނީ މާޗް 8-7 ދެމެދު އެ ކުދިން މަރުވެފައިވަނީ ސެޕްޓިކް ޝޮކުގައިކަން ފާހަގަވެފައިވާ ކަމަށެވެ.

ބޮޑުވަޒީރު ޔޫސުފު ކާހެދް ވިދާޅުވީ ދައުލަތުން ހިންގާ ސިއްހީ ޚިދުމަތްދޭ ތަންތަނާއި، ބޭސްފިހާރަތަކުގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓަރ އިސްތިއުފާދެއްވައިފައި މިވަނީ އެ މަގާމަށް އައްޔަންކުރެވުނުތާ އެންމެ ހަތަރުމަސް ތެރޭގައެެވެ.

ޓިއުނީޝިއާގެ ޕީޑިއޭޓްރިކްސް ސޮސައިޓީން ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އެފަދަ އިންފެކްޝަނެއް ދިމާވެފައިއެވަނީ ނާރުތަކަށް އިންފެކްޓްވެދާނެ އެއްޗެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.

 މީގެ އިތުރުން އެ ޖަމާއަތުންވަނީ ސިއްހީ ބޭފުޅުން މަސައްކަތް ކުރައްވަމުންގެންދަވާ ނުރައްކާތެރި ހާލަތާމެދު ވެސް ފާޑުކިޔާފައެވެ.

ޓިއުނީޝިއާއަކީ އުތުރު އެފްރިކާގެ އެންމެ ރަނގަޅު ޕަބްލިކް ހެލްތު ދާއިރާއެއް އޮތް ގައުމުގެ ގޮޮތުގައި އެ ގައުމު ފާހަގަކުރެވިފައި އޮތްއިރު އެ ގައުމަށް އާމްދަނީ ވަންނަ އެއް މަގަކީ ވެސް މެޑިކަލް ޓޫރިޒަމެވެ.

 

 

- ކޮމެންޓް