Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 18:34
ވައްކަމުގެ މި މައްސަލާގައި ފުލުހުން ހޯދާ މީހާ--
ވައްކަމުގެ މި މައްސަލާގައި ފުލުހުން ހޯދާ މީހާ--
ގޫގުލް
ޕޮލިސް
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
އޭނާ ހޯދަނީ އެސްޓާރސް ފިހާރައިން ލެޕްޓޮޕެއް ވަގަށްނެގި މައްސަލައެއްގަ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފި އެވެ. 

 

ފުލުހުން ބުނީ އެ މީހާ ހޯދަމުންދަނީ 2017 ޖެނުއަރީ 27 ވަނަ ދުވަހުގެ ވަގުތެއްގައި އަމީރު އަޙްމަދު މަގުގައި ހުންނަ އެސްޓަރސް ފިހާރައިގެ ޑިސްޕްލޭގައި ވިއްކުމަށް ބަހައްޓާފައިހުރި ލެޕްޓޮޕެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

 

ފުލުހުން ބުނީ އެނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

 

މި މައްސަލައާ ގުޅިގެން ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯ:-

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް