ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 07:43
މަރާލާފައިވަނީ އުމުރުން 23 އަަހަރުގެ ޒުވާނެއް
މަރާލާފައިވަނީ އުމުރުން 23 އަަހަރުގެ ޒުވާނެއް
އަލްޖަޒީރާ
ގްރޭޓް މާޗް އޮފް ރިޓަރން
ޣައްޒާގެ ސަރަހައްދީ ރޮނގު ކައިރީގައި މުޒާހަރާކުރަމުން ދިޔަ ފަލަސްތީނު ރައްޔިތެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި
މިއީ ފްރޭޓް މާޗް އޮފް ރިޓަރންގެ 50 ވަނަ ހަފްތާ

ޣައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީ އެތައްހާސް ބަޔަކު މުޒާކުރަމުން ދަނިކޮށް އިސްރާއީލުން ފަލަސްތީނުުގެ ފިރެހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލައި 40 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްލައިފިކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ޤިދްރާ ވިދާޅުވީ އުމުރުން 23 އަަހަރުގެ ތަމީރް އަރަފާތު މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ލިބުނު ޒަޚަމްތަކާ ގުޅިގެންކަމަށެވެ.

ޤިދްރާ ވިދާޅުވީ އިސްރާއީލުގެ ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 48 މީހުން ޒަޚަމް ކޮށްލާފައިވާއިިރު ސިއްހީ އެހީދޭ ފަރާތްތަކާއި، ދެ އަންހެނަކާއި، 15 ކުޑަކުދިންވެސް ހިމެނޭކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ 8،000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެ މުޒާހަރާގައި، ސިފައިންނާ ދިމާލަށް ގަލާއި ގޮވާތަކެތި އުކައި އަދި ދެ ސަރަހައްދީ އިމުގައި ހުންނަ ފެންސް ފަޅާލަން ބައެއް މީހުން މަސައްކަތް ކޮށްފައިވާ ކަމަށެެވެ.

ގްރޭޓް މާޗް އޮފް ރިޓަރންގެ ނަމުގައި މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަަނަ ދުވަހު ފެށި ދެމިގެންދާ މުޒާހަރާތައް ގުޅިފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހު ފަލަސްތީނުން ފާހަގަކުރާ ނަކްބާ ދުވަހާއެެވެ. އެއީ 1948 ވަނަ އަހަރު އިސްރާއީލް އުފެއްދުމަށްޓަކައި ފަލަސްތީނުގެ ބިމުން އެ ގައުމުގެ 750،000 ރައްޔިތުން ނެރެލެވުނު ދުވަހެވެ.

އަލް މީޒާން ސެންޓަރ ފޮރ ހިއުމަން ރައިޓްސްއިން ބުނާ ގޮތުގައި މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 267 މީހަކު ޣައްޒާގައި މަރާލެވިފައިވެއެވެ. އޭގެ ތެރެއިން 190 މީހުން މަރާލެވިފައިވަނީ މުޒާހަރާތަކުގައިކަމަށް ވާއިރު އޭގެ ތެރޭގައި 40 ކުޑަކުދިންނާއި ދެ އަންހެނުންނާއި ދެ ނޫސްވެރިންނާއި ތިން ޕެރަމެޑިކްސް އަދި ނުކުޅެދުންތެރިކަން ހުންނަ އަށް މީހުން ހިމެނެއެވެ

އިސްރާއީލުން ދަނީ މުޒާހަރާތަކަކީ ހަމާސްއިން އިސްރާއީލުގެ ތެރެެއަށް ވަދެގަނެ ހަމަލާ ދިނުމަށް ކުރާ މުޒާހަރާތަކެއްކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ފަލަސްތީނުން ބުނަމުުންދަނީ މުޒާހަރާ ކުރާ މީހުންގެ ބިރެއް ނެތްކަމަށެވެ.

 

- ކޮމެންޓް