ކ. މާލެ
|
6 މާރޗް 2019 | ބުދަ 22:32
އާލިއާ ބަޓް އާއި ވަރުން ދަވަން
އާލިއާ ބަޓް އާއި ވަރުން ދަވަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކަލަންކްގެ ފަސްޓް ލުކް ދައްކާލައިފި
ބުރާސްފަތި ދުވަހަށް އިންތިޒާރު ކުރުމަށް ފޭނުންގެ ކިބައިން ކަރަން ވަނީ އެދިފައި

ބޮލީވުޑްގެ ފިލްމް އުފައްދާ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަރަން ޖޯހަރު އޭނާގެ އަންނަން އޮތް ފިލްމް "ކަލަންކް" ގެ ފަސްޓްލުކް ދައްކާލައިފިއެވެ.

ކަރަން ވަނީ އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާކޮށް ބުރާސްފަތި ދުވަހަށް އިންތިޒާރު ކުރުމަށް ފޭނުންގެ ކިބައިން އެދިފައެވެ.

ކަރަން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ ލޭކްއެއްގައި އޮތް ބޯޓެއްގައި އިށީންގެދެން ތިބި އަންހެނަކާއި ފިރިހެނެކެވެ. އަދި އެ ލޭކްގައި ބޮޑެތި މާތަކެއް ހުރިތަން ފޮޓޯއިން ފެނިގެން ދެއެވެ. ބޯޓުގައި އިށީންދެ އިން އަންހެން މީހާ ފެނިގެންދަނީ ހުދު ކުލައިގެ ހެދުމެއްގައެވެ. ފިރިހެން މީހާ ފެނިގެން ދަނީ ފަލިޖަހަން އިންދައެވެ. ފުރަގަހަށް ވާގޮތަށް އިށީންދެ ތިބުމުން އެއީ ކޮންބައެއްކަން ސާފެއް ނުވެއެވެ.

 އެ ފޮޓޯގެ ކެޕްޝަންގައި ކަރަން ލިޔެފައިވަނީ އެފިލްމު ހެދުމުގެ ޚިޔާލު މީގެ 15 އަހަރު ކުރިން ފެށިގެން ވެސް އޭނާގެ ވިސްނުމުގައި ހުރި ކަމަށެވެ. އަދި މި ފިލްމަކީ އޭނާގެ ބައްޕަ މި ދުނިޔެ ދޫކުރުމުގެ ކުރިން މަސައްކަތް ފަށާފައިވާ އެންމެ ފަހު ފިލްމް ކަމަށެވެ. އަދި މި ފިލްމްގެ މަސައްކަތް ފެށުމަކީ އޭނާގެ ހުވަފެން ހަގީގަތަކަށް ވުން ކަމަށް ކަރަން ވަނީ ބުނެފައެވެ.

މި ފިލްމްގައި ތަރިންގެ ތެރޭގައި ވަރުން ދަވަން އާއި އާލިއާ ބަޓް ގެ އިތުރުން މާދުރީ ޑިކްސިޓް، ސަންޖޭ ދަތް، ސޯނާކްޝީ ސިންހާ، އަދިތްޔާ ރޯއީ ކަޕޫރުގެ އިތުރުން ވެސް ގިނަ ތަރިންތަކެއް ފެނިގެން ދާނެއެވެ.

 މި ފިލްމަކީ ވަރުން އާއި އާލިއާ އެކުގައި ފެނިގެންދާ ހަތަރުވަނަ ފިލްމެވެ. މި ދެތަރިން ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. މީގެ އިތުރުން މި ދެތަރިން އެކުގައި ވަނީ "ހަމްޓީ ޝަރްމާކީ ދުލްހަނިޔާ" އަދި ބަދްރިނާތްކީ ދުލްހަނިޔާ" އިން އެކުގައި ފެނިގެން ގޮސްފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް