ކ. މާލެ
|
6 މާރޗް 2019 | ބުދަ 22:15
ޖާންވީ ކަޕޫރު
ޖާންވީ ކަޕޫރު
ގޫގުލް
ބޮލީވުޑް
ހޯދަދިން ހުރިހާ ފުރުސަތަކަށް ޝުކުރިއްޔާ: ޖާންވީ
ޖާންވީ ވަނީ ގަންގާ ކޯރުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައި

ބޮލީބުޑްގެ ތަރި ޖާންވީ ކަޕޫރު އޭނާގެ އުފަންދުވަހު އާއިލާއަށް ޝުކުރު އަދާކޮށްފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީގައި ކުއްލި ގޮތަކަށް މަރުވި ސްރީދޭވީ އާއި ބޮނޭ ކަޕޫރުގެ ދަރިފުޅު ޖާންވީ އޭނާގެ 22 ވަނަ އުފަންދުވަހު ގަންގާ ކޯރުގައި ބޯޓެއްގައި އިނދެ ނަގާފައިވާ ފޮޓޯއެއް ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ޖާންވީ ވަނީ ހޯދައިދިން ފުރުސަތުތަކަށް އާއިލާއަށް ޝުކުރު އަދާކޮށްފައެވެ.

 ޖާންވީގެ އުފަން ދުވަހު ޖާންވީގެ ދެބެންގެ ދެދަރި ދައްތަ ސޯނަމް ކަޕޫރާއި އޭނާ ރައްޓެއްސެއް ކަމަށްވާ ސާރާ އަލީ ޚާން ވެސް ވަނީ އިންސްޓަގްރާމްގައި ޖާންވީގެ ފޮޓޯއާއި އެކު އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ.

ޖާންވީ މިވަގުތު ދަނީ ލަކްނޯގައި ގުންޖަން ސަކްސޭނާގެ ބައޯޕިކްގެ ޝޫޓިންތައް ނަގަމުންނެވެ.

ޖާންވީ ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ ކަރަން ޖޯހަރުގެ ފިލްމް "ދަޅަކް" އިންނެވެ. ޖާންވީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ވެސް ކަރަން ޖޯހަރުގެ ފިލްމް "ތަޚްތު" އިންނެވެ. މި ފިލްމްގައި ޖާންވީގެ އިތުރުން ރަންވީރު ސިންގް، ކަރީނާ ކަޕޫރު، ވަކީ ކައުޝަލް، ބޫމީ ޕަދްނޭކަރުގެ އިތުރުން ޖާންވީގެ ބޮޑުބޭބެ އަނިލް ކަޕޫރުވެސް ފެނިގެންދާނެއެވެ.

              

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް