އުތުރު ކޮރެއާއިން ނައްތާލާނެ ކަމަށް ވައުދުވެފައިވާ ރޮކެޓް ލޯންޗުކުރާ ސައިޓްތައް އަލުން އިމާރާތް ކުރަމުންދާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.
މި ފޮޓޯތައް ނަގާފައިވަނީ ކޮރެއަން ޕެނިންސިއުލާއިން ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް މަޝްވަރާ ކުރެެއްވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ވިއެޓްނާމްގެ ހެނޯއީގައި ބޭއްވެވި ބައްދަލުވުން ނަތީޖާއެއް ނުނިކުމެ ނިންމަވާލެއްވިތާ ދެވަނަ ދުވަހުއެވެ.
ޓޮންގްޗަންގ ރީ ސައިޓަކީ ސެޓެލައިޓް ލޯންޗް ކުރުމާއި އިންޖިން ޓެސްޓް ކުުރުމަށް ބޭނުންކުރާ ސައިޓަކަށްވާއިރު ބެލަސްޓިކް މިސައިލް ލޯންޗް ކުރާ ސައިޓެއް ނޫނެވެ.
މި ސައިޓް ހަލާކު ކޮށްލުމުގެ މަސައްކަތް މިދިޔަ އަހަރު ފެށުމަށް ފަހު، އެެމެރިކާއާއެކު ކުރެވުނު މަޝްވަރާތައް ހުއްޓުމަކަށް ދިއުމާއެކު ތަން ހަލާކުކޮށްލުމުގެ މަަސައްކަތް ވަނީ ހުއްޓާލާފައެވެ.
މިތަން ހަލާކު ކޮށްލުމުގެ ވައުދަކީ ވޮޝިންގޓަނާއި ޕިޔޯންގޔަންގއާ ދެމެދު އިތުބާރު އުފެއްދުމަށް އެޅިި ފިޔަވަޅެއްގެ ގޮތުގައިވަނީ ފެނިގެން ގޮސްފައެވެ.
ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް އިތުރު މަަސައްކަތްތަކެއް ނުކުރާނަމަ އުތުރު ކޮރެއާއާމެދު ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވަނީ ދީފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާގޮތުގައި އުތުރު ކޮރެއާއިން ވަނީ ނިއުކްލިއަރ ސައިޓްތައް ނައްތާލުމުގެ މަސައްކަތް ފަށާފައެވެ.