Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 08:16
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓްގެ ނަން ބޯޓް
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓްގެ ނަން ބޯޓް
މުހައްމަދު ޝަރުހާން
ހުކުމް ފައިސާއިން
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
ފަނޑިޔާރުންނަށް ފައިސާ ދޭ
ސަރުކާރަށް 25 ޕަސެންޓް ވެސް ލިބިގެން ނުވާނެ

މި ރާއްޖޭގެ ފަނޑިޔާރުގޭގެ ކަންކަން ނިންމަމުން ދަނީ ސިޔާސީ ނުފޫޒް ގަދަ ފަރާތަކަށް ކަމަށް މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގެ އަދުލުއިންސާފް ނެތި ގޮސްފައިވާ ކަމަށެވެ. ސިޔާސީ ނުފޫޒް ގަދަ ފަރާތަކަށް ފަނޑިޔާރުގެ ކޮންޓްރޯލް ކޮށްގެން ކަންކަން ނިންމަވާ ވާހަކަ ކޮންމެ އަދަބެއް ދިންކަމުގައި ވިއަސް ދައްކަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ފަރާތަށް ފަނޑިޔާރުގޭގެ ކަންކަން ނިންމުމަށް ފަނޑިޔާރުންނަން ފައިސާ ދޭކަމަށެވެ.

މިކަންކަން ނިމުމަކަށް ގެނެއުމަށްޓަކައި ބޯމަތީގައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމީންގެ ވެރިކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީން 650 ވުރެ ގިނަ ކެންޑިޑޭޓުނަން ކައުންސިލް އިންތިހާބުގައި ވާދަކުރާއިރު 163 ގޮނޑި (25 ޕަސެންޓް) ވެރިކަން ކުރާ ޕީޕީއަމަށް ލިބިއްޖެނަމަ ސަރުކާރަށް އެދެވެނީ ވަރަށް ނުބައި މެސެޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ 25 ޕަސެންޓް ޕީޕީއެމަށް ލިބިއްޖެނަމަ ހާމަވެގެން ދަނީ ދިވެހި ރައްޔިތުންނަން ވައްކަން ކުރުމަކީ މައްސަލަ އެއް ނޫން ކަމަށެވެ. އަދުލުއިންސާފް ނިޒާމް ހަރުދަނާ ކުރަން ވެސް ބޭނުން ނުވާކަން ކަމަށެވެ.

އެހެންކަމުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އެންމެހާ ރައްޔިތުން ގޭގައި ނުތިބެ އޭޕްރިލް 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓްގައި ބައިވެރިވެ އެމްޑީޕީގެ ކެންޑިޓޭޓުންނަން ވޯޓް ދޭންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ބޮޑު ތަފާތަކުން ޕީޕީއެމް ބަލިނުކުރެވިއްޖެ ނަމަ ކުރި އެކޭ އެއްގޮތަށް ސިޔާސީ ފަރާތަކުގެ ނުފޫޒް މިނިވަން މުވައްސަސާތަކަށް އޮންނާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް