Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 07:11
ރައީސް އަބްދުﷲ ޔާމީން 2015 ވަނަ އަހަރު ރިޔާސީ ބަޔާން އިންވަނީ
ރައީސް އަބްދުﷲ ޔާމީން 2015 ވަނަ އަހަރު ރިޔާސީ ބަޔާން އިންވަނީ
ގޫގުލް
ވެރިކަމަށް ސްމާޓެއް ނޫން
ތިން ބާރު އެއްކޮށްގެން ވެރިކަން ކުރުމަކީ ސުމާޓް ވުމެއް ނޫން: ހަސީން
ވެރިއަކަން ހުންނަ މީހާ ސުމާޓް ވުމަކީ ރައްޔިތުންގެ ލޯބާއި ތާއިދު ލިބުން
ސްމާޓް ވެރިއަކީ ރައީސް ނަޝީދު

ތިން ބާރު އެއްކޮށްގެން ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރެއްވުމަކީ އެމިނުކުފާން ސްމާޓް ވުން ނޫން ކަމަށް ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސީން ވިދާޅުވީ ބައެއް މީހުން ގަބޫލްކުރާ ގޮތުގައި ތިން ބާރުއެއްކޮށްގެން ރައީސް ޔާމީން ބޭނުންފުޅުވާ  ހުރިހާ ގޮތަކަށް ކަންކަން ކުރެއްވުމަކީ އެމަނިކުފާންގެ ސްމާޓް ކަންކަމަށެވެ. ވެރިކަން ކުރައްވަން ހުންނަވާ ބޭފުޅަކު ސުމާޓް ވުމަކީ ރައްޔިތުންގެ ލޯބާއި ތާއިދު ލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަން ބިރު ދައްކައިގެން މަޖުބޫރީ ހާލަތެއްގައި އެ މެމްބަރުން ރައީސް ޔާމީން ބޭނުންފުޅުވާ ގާނޫނުތައް ފާސްކޮށް ، ގާނޫނު އަސާސީއަށް ވެސް ބަދަލުގެންނަ ކަމަށެވެ. މިނިވަން މުވައްސަސާތަކުގައި ތިއްބެވި  މެމްބަރުނާއި ފަނޑިޔާރުން ވެސް ތިއްބެވީ އެފަދަ ހާލަތެއް ގައި ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. 

އެހެންނަމަވެސް ރައްޔިތުންގެ ލޯބާއި ތާއިދު ވެރި މީހާ އަށް ނެތް ކަމަށްވާނަމަ ، ރައްޔިތުން އަބަދުވެސް ތިބޭނީ ވެރި މީހާގެ ކިބައިން ސަލާމަތްވާނެ ގޮތެއް ބަލަލާ ކަމަށް ހަސީން ވިދާޅުވިއެވެ. ރައްޔިތުން ވެރިމީހާގެ ކިބައިން ސަލާމަތްވާ ދުވަހަކުން، ވެރިމީހާ އާރާއި ބާރުގައި ހުންނެވި ދުވަސްތަކުގައި ކުރައްވާފައިވާ ވައްކަން ތަކާއި ޖަރީމާތަށް ތަޙްގީގް ކުރެވި އިންސާފްގެ ކުރިމައްޗަށް އެކަމުގައި ސާމިލްވާ ފަރާތައް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސީން ވަނީ ދުނިޔެގައި ބައެއް ގައުމުތަކުގައި ތާރީހުގެ ތެރެއިން ހިނގާފައިވާ ބައެއް ހާދިސާ ތަކަށް އަލިއަޅުވާލާއި މިސާލުޖައްސަވާފައެވެ.

އެނާ ވިދާޅުވީ ވެރިއަކަށް ހުންނަ ބޭފުޅަކަށް ރައްޔިތުންގެ ލޯތްބާއި ތާއިދު ލިބިއްޖެނަމަ ރައްޔިތުން ވެރިމީހާއަށްޓަކައި ގުރުބާންވާނެ ކަމަށެވެ. އެފަދަ ވެރި އަކީ ރައީސް މުހައްމަދު ނަޝީދު ކަމާއި އެމަނިކުފާންގެ ސްމާޓް ކަމަކީ ރައްޔިތުންގެ ލޯބާއި ތާއިދު އޮތުން ކަމަށް ހަސީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 ފެބްރުއަރީ 2017 | ހޯމަ 10:00
ނިހާދު
ވައްކަން ކުރުމަކީ ސްމާޓް ވުމެއް ނޫން