އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު އައްޔަކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އަންގާރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ، އާސަންދައިގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މ. މާފުޝީގެ، މަރިޔަމް ޝަފީގް ކަމަށެވެ.
ތައިލެންޑްގެ ޗުލަލޮންގް ކޮން ޔުނިވާސީޓީން ސައިންސް އިން ހެލްތު އިކޮނޮމިކްސް އިން މާސްޓާސް ހައްދަވާފައިވާ މަރިޔަމް އާސަންދައިގެ އެމްޑީއަކަށް އައްޔަން ކުރުމުގެ ކުރިން މަސައްކަތްކުރައްވާފައި ވަނީ އެލައިޑް އިންސިއުރަންސް ކުންފުނީގެ ޓެކްނިކަލް މެނޭޖަރުގެ މަގާމުގައެވެ.
މަރިޔަމް ވަނީ މީގެ ކުރިން، އެންސްޕާގެ ޗީފް އެކްސެކެޓިވް އޮފިސަރެއްގެ އިތުރުން އައިޖީއެމް އެޗްގައި ވެސް މަސައްކަތް ކުރައްވާފައެވެ.
މީގެ އިތުރުން ބުދަ ދުވަހު އާސަންދާގެ ބޯޑަށް ނޮން އެކްސެކެޓިވް ދެ ބޭފުޅަކު ވަނީ އައްޔަން ކުރައްވާފައެވެ. އެ ދެ ބޭފުޅުންނަކީ، ހ. އައި ބަހާރު، އާމިލާ ލަތީފް އާއި، މއ. ވިކްޓްރީ މުހައްމަދު އާމިރެވެ.