Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 05:37
ފަލަސުރުހީ ޕްރޮގްރާމްގައި  އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓް މިނިސްޓަރ އާދަމް އާޒިމް
ފަލަސުރުހީ ޕްރޮގްރާމްގައި  އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓް މިނިސްޓަރ އާދަމް އާޒިމް
ރާއްޖެއެމްވީ
ފަލަ ސުރުހީ
ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް
އިންތިހާބުތައް ބާއްވާން މަޖުބޫރު ވާނެ
ކައުންސިލް އިންތިހާބުގައި އަނިޔާވެރިކަމާއި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ
މިނިވަން މުވައްސަސާތުގައި ތިބި މެމްބަރުން ތިބީ އަޅުވެތިކަމުގައި

ސިޔާސީ ލީޑަރުން ހައްޔަރުކޮށް ގަދަ ބާރުން ރައްޔިތުންނަން ބިރު ދައްކާ ވެރިކަން ނުކުރެއްވޭނެކަން ރައީސް އަބްދުﷲ ޔާމީން ގަބޫލުކުރައްވަން ޖެހޭނެ ކަމަށާއި ރައްޔިތުން އެމަނިކުފާނަން ނޫނަކޭ ބުނާނީ ވޯޓުން ކަމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓް މިނިސްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ ވިދާޅުވީ ދިވެހި ރާއްޖެއަކީ ބައިނަލްއަޤުވާމީ ދުނިޔެއާއި ގުޅިލާމެހިފައިވާ ގައުމަކަށް ވާއިރު އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތައް ބާއްވަން މަޖުބޫރުވާނެ ކަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާދެކޮޅަށް ދިވެހި ރައްޔިތުން ތިބިކަން ހާމަކޮށްދެވިއްޖެނަމަ، އެއީ މިނިވަން މުވައްސަސާތަކުގައި ތިބި މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަން ރައްޔިތުން ދިން މެސެޖަކަށް ވެގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މި ޤައުމުގައި އިންތިހާބު ބާއްވަންޖެހޭނެ. ބޭއްވުން ނޫންގޮތެއް ނެތް. މިއީ ބައިނަލްއަޤުވާމީ ދުނިޔެއާއި ގުޅިފައިވާ ޤައުމެއް. މި ޤައުމުގައި ކަންކަން ހިނގާގޮތް ބޭރުގެ ފަރާތްތަކުން ވަރަށް ގާތުން އެ ގެންދަނީ ބަލަމުން. އެހެންކަމުން މި ޤައުމުގައި އިންތިހާބުވެސް ބާއްވަންޖެހޭނެ" އާޒިމް ވިދާޅުވިއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި  އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓް މިނިސްޓަރ އާދަމް އާޒިމް.

އާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން މުވައްސަސާތުގެ މެމްބަރުން ތިއްބެވީ ރައީސް ޔާމީންގެ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ކަމަށެވެ. އިންސާފުން ކަންކަން ކުރުމުގެ ބާރު އެ މެމްބަރުންނަން ނެތް އިރު ، ރައްޔިތުން ތިބީ މި ވެރިކަމާއި ދެކޮޅަށް ކަން އިންތިހާބުން ހާމަކޮށްދެވިއްޖެނަމަ ކޮމިޝަންތަކުގެ މެމްބަރުންނަން ހިތްވަރު ލިބި ރައްޔިތުންގެ ޙައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ފަހަތަކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރުން ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންނަށްވެސް ޖެހޭނެ އިންސާފުން ހުކުމްތައް ކުރަމުން ގެންދަން. ރައްޔިތުން، ރައްޔިތުންނަށް ލިބިފައިވާ ބަރުގެ ބޭފުން ހިފަންވީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އިންތިހާބުގައި ވޯޓް އޮޅުވާލެވިދާނެ ކަމަށް ގަބޫލުނުރައްވާ ކަމަށެވެ. މިގައުމުގައި ވޯޓް ގުނަން ޖެހޭނީ ރައްޔިތުން ކުރިމަތީގައި ކަމަށާއި ވީހާވެސް ގިނަ ރައްޔިތުން ނުކުމެ އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓުންނަން ވޯޓް ދިނުމަށް އާޒިމް ވަނީ ގޮވާލެއްވި އެވެ. 

އޭނާ ވިދާޅުވީ ރައްޔިތުންނަން ލިބިފައިވާ ބާރުގެ ބޭނުންކޮށް އިންތިހާބުގައި ސަރުކާރަން ނޫނަކޭ ބުނަން ޖެހެނީ ރައްޔިތުން ތިބީ ދިވެހިރާއްޖޭގެ އަދުލުންސާފްގެ ނިޒާމް ހަރުދަނާކޮށް ކޮރަޕްޝަނާއި ދެކޮޅަށްކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ. ދިވެހިރައްޔިތުންގެ ނަމުގައި ސަރުކާރުން ނާގާ ބޮޑަތި އަދަދު ތަކުގެ ލޯނުތަކާއި މެދު ވިސްނަން ޖެހޭ ކަމަށާއި އެ ލޯނުތައް ނުދެއްކިއްޖެ ނަމަ ދިވެހިންގެ މުސްތަޤްބަލު ފެންނަނީ ވަރަށް ބަނަކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

"ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތައް ނަގާއިރު، އެ ލޯނުތަކުގެ ތަފްސީލްތައް ރައްޔިތުންނަށް އެނގެންޖެހޭނެ. ނަމަވެސް އެއިން އެއްވެސް ކަމެއް ދިވެހި ރައްޔިތުންނަށް ނޭނގޭ. އެހެން ކަންތައްތައް ހުރިއިރު އެއީ ތަރައްޤީއެކޭ ނިކުޔޭނެ" އާޒިމް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް