Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 04:38
އދ. އަތޮޅުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެއަތޮޅަށް ކުރި ދަތުރުގެ ތެރެއިން
އދ. އަތޮޅުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެއަތޮޅަށް ކުރި ދަތުރުގެ ތެރެއިން
ރާއްޖެ އެމްވީ
އެމްޑީޕީ
ރައްޔިތުން ތިބީ މި ވެރިކަމުން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި:ނިޔާޒު
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނޫނަކޭ ބުނާނެ

އދ އަތޮޅުގެ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކިބައިން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އދ އަތޮޅުގެ ކެމްޕޭން ހަރަކާތައް ވަރުގަދަ ކުރުމަށް އެމްޑީޕީން އެއަތޮޅުގެ ރަށްތަކަށް ކުރި ދަތުރު ނިންމާލުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އަމަލުކުރަމުން އަންނަ އުސޫލުތަކާމެދު ރައްޔިތުން ތިބީ ކަންބޮޑުވެފައި ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެ އަތޮޅުގެ ރައްޔިތުން މި ސަރުކާރަށް ނޫނަކޭ ބުނާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"ރައްޔިތުން ތިބީ މި ސަރުކާރު ކިބައިން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރު ކޮށްކޮށް، ކައުންސިލް އިންތިހާބުގައި މި އަތޮޅުގެ ރައްޔިތުން ސަރުކާރަށް ނޫނަކޭ ބުނާނެ" ނިޔާޒު ވިދާޅުވިއެވެ.

މި ދަތުރުގައި އެމްޑީޕީގެ ވަފުދު ވަނީ މަހިބަދޫ ، ކުބުރަދޫ ، ދިގުރަށް އަދި މާމިގިލީއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވާފައެވެ.

އދ އަތޮޅުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެއަތޮޅަށް ކުރި ދަތުރުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކުރަނީ

އޭނާ ވިދާޅުވީ ރައްޔިތުން އެންމެ ކަންބޮޑުވެފައި ވަނީ އަސާސީ ޙިދުމަތް ތަކުގެ އަގު ސަރުކާރުން ބޮޑުކޮށްފައި ވާތީ އެވެ. ދިރިއުޅުމަށްޓަކައި ބޭނުންކުރާ ހުރިހާ ތަކެއްޗެއްގެ ވެސް މިހާރު އަގު ބޮޑުވެފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އެގޮތުން ކާޑުގެ އަގާއި ކަރަންޓުގެ އަގު ދެ ގުނައަށް ބޮޑުކުރުމުން އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންގެ ކުރާ މަސައްކަތް ތަކުން އެކި އެކި ފީތަށް ނަގުމުންދާތީ ލިބޭ އާންމުދަނީ ގިނަ ރައްޔިތުން ދެކޮޅު ނުޖެހޭ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

"ކާޑުގެ އަގު ބޮޑު، ކަރަންޓުގެ އަގު ބޮޑު، މަސްދޯނި ފަހަރުން ނަގާ އެކި އެކި ފީތަށް ބޮޑުވާތީ ދޯނީގެ އޮޑިވެރިން ވަރަށް ކަންބޮޑުވޭ" ނިޔާޒު ވިދާޅުވިއެވެ.

މި ދަތުރުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ފަލާހް ގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގެންނެވިއެވެ.

އދ އަތޮޅުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެއަތޮޅަށް ކުރި ދަތުރުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކުރަނީ

މީގެ އިތުރުން އެމްޑީޕީގެ ވަފުދު ވަނީ އެ ރަށްތަކުގެ އެޕާޓީގެ މެމްބަރުނާ ބައްދަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބުގައި އދ. އަތޮޅުގެ ރަށްތަކުގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންނާއި ބައްދަލުކޮށް އިންތިހާބުގައި ކެމްޕޭން ހަރަކާތައް ކުރިއަށް ގެންދާނެ ގޮތާމެދު ވަނީ މަޝްވަރާކޮށްފައެވެ.

ޖެނުއަރީ މަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އިލެކްޝަން ކޮމިޝަނުން އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އިންތިހާބު ބާއްވާން އިއުލާން ކުރުމަށް ފަހު، މިހާރު ވަނީ އިންތިހާބު އޭޕްރީލް 15 އަށް ފަސްކޮށްފަ އެވެ.  ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކޮށް އެޕާޓީން ވަނީ މިހާރު ރަސްމީކޮށް ކެމްޕޭން ފަށާފައެވެ. ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް އެމްޑީޕީން ފަށާފައި ނުވި ނަމަވެސް އެޕާޓީން ދަނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް