ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނާ "ހިޔާ މަޝްރޫ" އާއި "ގެދޮރުވެރިކުރުވުގެ" މަޝްރޫއުގެ ދަށުން ފްލެޓް ދިން މީހުންގެ ވަނަވަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯމަ ދުވަހު އާންމުކޮށްފައި ވަނީ ޔާމީންގެ ސަރުކާރުން ފްލެޓް ދިން 14،000 ވުރެ ގިނަ މީހުންގެ 20 ލިސްޓެކެވެ. އެ ލިސްޓުގައި ހިމެނެނީ ފްލެޓް ލިބުނު މީހުންގެ ދާއިމީ އެޑްރެހާއި މިހާރު އުޅޭ އެޑްރެހާއި ލިބުނު ޕޮއިންޓް ވެސް ހިމަނާފައިވެއެވެ.
ވަނަވަރު އާންމުކޮށްފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ހިމެނޭ މީހުންނާއި އަތޮޅު ތެރޭ މީހުންނާއި އަލަތު ކައިވެންޏަށް ފްލެޓް ލިބުނު ޒުވާނުންގެ ނަންތަކެވެ. އަދި ފްލެޓު ލިބުނު ކަމަށް ބުނާ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ނަންތައް ވެސް އެ ލިސްޓުގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ "ހިޔާ" މަޝްރޫ ޢާއި، "ގެދޮރުވެރި ކުރުވުމުގެ" މަޝްރޫ ޢާއި، "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މަޝްރޫޢުތަކުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތާމެދު ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހޯމަ ދުވަހު ހުޅުވާލާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ފްލެޓް ލިބުނު މީހުންގެ ވަނަވަރު ހިމެނޭ ލިސްޓަށް ޝަކުވާ ހުށަހެޅުމާއި އެ މަޝްރޫއުތަކާ ގުޅޭ ގޮތުން ހިމެނޭ އެންމެހައި ޝަކުވާތައް ހުށަހެޅުމުގެ ފުރުތަސަތު މި މަހުގެ 25ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.