އައްޑޫ ސިޓީ ހިތަދޫގައި ހިންގި މަސްފެކްޓްރީގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 5:53 ހާއިރު ކަމަށެވެ.
އަލިފާން ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުމް މައުލޫމާތު ދެއެވެ.
މިހާދިސާގައި މީހަކަށް އަނިޔާއެއްވެފައިވާކަން އަދި އެނގިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.