ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 16:44
ޓޯޓަލް ދަމާލް ޕޯސްޓަރ
ޓޯޓަލް ދަމާލް ޕޯސްޓަރ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޓޯޓަލް ދަމާލް 100 ކްރޯޑް ކްލަބަށް!
މި ފިލްމް ރިލީޒް ކޮށްފައިވަނީ ފެބްރުއަރީ 22 ގައި

އަޖޭ ދޭވްގަން އާއި، މާދުރީ ޑިކްސިޓް، އަނިލް ކަޕޫރު، އީޝާ ގުޕްތާގެ އިތުރުން ވެސް ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމް "ޓޯޓަލް ދަމާލް" ބޮކްސް އޮފީހުގައި 100 ކްރޯޑް ކްލަބަށް ވަދެއްޖެ އެވެ.

އިންދްރަ ކުމާރު ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގައި އަރްޝާދް ވަރްސީ އާއި، ޖާވިދް ޖެޕްރީ، ރިތޭޝް ދޭޝްމުކް، ޖޮނީ ލޭވަރ، ބޯމަން އިރާނީ، ސަންޖޭ މަންޖްރޭކަރު އަދި ސަންޖާއީ މިޝްރާ ފެނިގެންދެއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މި ފިލްމަކީ 100 ކްރޯޑް ކްލަބަށް ވަދެފައިވާ މާދުރީ ޑިކްސިޓްގެ ފުރަތަމަ ފިލްމް ކަމަށެވެ.

މީގެ އިތުރުން މި ފިލްމަކީ އަޖޭ ދޭވަގަންގެ 100 ކްރޯޑަށް ވަން ނުވަ ވަނަ ފިލްމް ކަމަށާއި އަނިލް އާއި އަރްޝަދްގެ ތިންވަނަ ފިލްމް ކަމަށާއި އަދި ރިތޭޝްގެ 100 ކްރޯޑް ކްލަބަށް ވަތް ފަސްވަނަ ފިލްމް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމް 100 ކްރޯޑް ކުލަބަށް ވަދެފައިމިވަނީ ފިލްމް ރިލީޒް ކުރިތާ އަށް ދުވަހުންނެވެ.

މި ފިލްމަކީ ކުރީގެ މަޝްހޫރު އޮން ސްކްރީން ޕެއަރއެއް ކަމަށްވާ އަނިލް ކަޕޫރާއި މާދްރީ ޑިކްސިޓް 19 އަހަރަށް ފަހު އެކުގައި ފެނިގެންދާ ފިލްމެވެ.

"ޓޯޓަލް ދަމާލް" އަކީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމް 'ދަމާލް'ގެ ތިން ވަނަ އިންސްޓޯލްމަންޓެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް