ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ،އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މި އަމުރުތަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ރ.އަލިފުށި / ކިނާރާ، 36 އަހަރުގެ ޢަލީ ނަޒީރު، ތ.ތިމަރަފުށި/ ބުރެވިމާގެ، އުމުރުން 38 އަހަރުގެ އިސްމާޢިލް ސާމިޚް އަޙްމަދު، އާއި 54 އަހަރުގެ އިބްރާހިމް ރަޝީދު ކ.މާލެ/ މ.ޒެންތްރަމްގެ އިތުރުން 51 އަހަރުގެ ޢަބްދުއްނާޞިރު އަޙްމަދުއެވެ.
ފުލުހުން ބުނީ، މި ހަތަރު މީހުން ވެސް ހޯދަމުން ދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ސިވިލްކޯޓަށް ޙާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން ކަމަށެވެ.
މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.