Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 19:46
ސައުދީ އެމްބަސީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ނަބީހުއަށް މުސްހަފަކާއި 1000އެމެރިކާ ޑޮލަރު ދެއްވާފައި
ސައުދީ އެމްބަސީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ނަބީހުއަށް މުސްހަފަކާއި 1000އެމެރިކާ ޑޮލަރު ދެއްވާފައި
އަޒުމޫން އަހުމަދު
ނަބީހަށް ހަދިޔާ
ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
ނަބީހުގެ މަސައްކަތުގެ އަގު ވަޒަންކޮށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިންވެސްވަނީ އޭނާއަށް ޚާއްސަ ހަދިޔާއެއް ދީފަ

ތިން މަސް ތެރޭގައި ގުރުއާން ހިތުދަސްކުރި އޯޓިޒަމް ހުންނަ ކުއްޖެއްކަމަށްވާ އުމުރުން 14 އަހަރުގެ އަލްހާފިޒް އަހުމަދު ނަބީހުގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއިން ޚާއްސަ ހަދިޔާއެއް ދީފިއެވެ.

 

އާދީއްތަ ދުވަހު މެންދުރު ސައުދީ އެމްބަސީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ނަބީހަށް މުސްހަފަކާއި 1000އެމެރިކާ ޑޮލަރު ދެއްވާފައިވަނީ ރާއްޖޭގައި ހުންނަވާ ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ އެމްބަސެޑަރ މަތްރަކް އަލް ދުސާރީއެވެ.

 

 ލ. މާވަށަށް އުފަން ނަބީހަކީ ސްކޫލުގެ ތެރޭގައި އޭނާއާމެދު ގެންގުޅުނު ތަފާތު ކުރުންތަކުގެ ސަބަބުން މަދްރަސީ ތައުލީމުގައި ހިތްދަތި ތަޖުރިބާތަކެއް ކޮށްފައިވާ ކުއްޖެކެވެ.

 

ނަބީހުގެ މަސައްކަތުގެ އަގު ވަޒަންކޮށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިންވެސްވަނީ އޭނާއަށް ޚާއްސަ ހަދިޔާއެއް ދީފައެވެ

 

އެޔުނިވާސިޓީއިންވަނީ ގުރުއާނާ ބެހޭ އިލްމުން ސެޓްފިކެޓް ލެވަލްއިން ފެށިގެން މާސްޓާސްއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ

 

ވާހަކަދެއްކުމަށް އުނދަގޫ ނަމަވެސް ނަބީހު އަކީ ރީތިކޮށް ގުރުއާން ކިޔަވާ ކުއްޖެކެވެ. އޭނާ ކްލާސްތަކަށް ދިއުމުން ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ފަހުން ކިޔަވާފައިވަނީ ގެއަށް ޓީޗަރުން ގެންގޮސްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް