އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ދެވަނަ ބައްދަލުވުމުގެ ދެވަނަ ދުވަސް ފަށައިފިއެވެ.
ވިއެޓްނާމްގެ ވެރިރަށް ހެނޯއީގައި ކުރިޔަށްދާ މި ބައްދަލުވުން ދެ ގަޑިއެއްހާއިރަށް ކުރިޔަށްދާނެ ކަމަށް ލަފާކުރެވޭއިރު އެ އަށް ފަހު މެންދުރުގެ ފަރީއްކޮޅެއް އޮންނާނެއެވެ.
އޭގެ ފަހުން ދެ ގައުމުން އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމޖެހިފައިވާއިރު އެއްބަސްވުންތަކުގެ ތަފްސީލެއް ނުލިބެއެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ރައީސް ޓްރަމްޕް އެެހެން ހޮޓަލަކަށް ވަޑައިގެން އެތަނުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ފުރާވަޑައިގަތުމަށް ހެނޯއީގެ ނޮއި ބައި އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަންނަވާނެއެވެ.
ރައީސް ޓްރަމްއާ އެކު ބާއްވަވާ ބައްދަލުވުންތަކަށް ފަހު ވެސް މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ހޮނިހިރު ދުވަހާ ހަމަައަށް ވިއެޓްނާމްގައި ކިމް މަޑުކުރައްވާނެ އެވެ.
ދެ ވަނަ ދުވަހުގެ ބައްދަލުވުމުގެކުރިން ކިމް ވަނީ ބައިންލްއަގްވާމީ މީޑިއާގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ކިމް ވިދާޅުވީ ބައްދަލުވުމުގެ ނަތީޖާއަކީ ކޮބައިކަން ލަފާ ނުކުުރައްވާނެ ކަމަށާއި ނަަމަވެސް އެ މަނިކުފާނުގެ އަމާޒަކީ ރަނގަޅު ނަތީޖާތަކެއް ނެރުންކަމަށެވެ.