ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 08:27
ޕާކިސްތާނުގެ ސިނަމާއެއްގެ ބޭރުގައި އިންޑިއާގެ ފިލްމުތަކެއް އިސްތިހާރުކޮށްފައި
ޕާކިސްތާނުގެ ސިނަމާއެއްގެ ބޭރުގައި އިންޑިއާގެ ފިލްމުތަކެއް އިސްތިހާރުކޮށްފައި
މުހައްމަދު ޝަރުހާން
އިންޑިއާ - ޕާކިސްތާން
ޕާކިސްތާނުގައި އިންޑިއާގެ ފިލްމާއި އިސްތިހާރު ދެއްކުން މަނާކޮށްފި
އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ހޫނުވެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައި

އިންޑިއާގައި އުފައްދާފައިވާ ފިލްމުތަކާއި، އިންޑިއާގެ އުފެއްދުންތައް ޕްރޮމޯޓް ކުރާ އިސްތިހާރު ޕާކިސްތާނުގައި ދެއްކުން މަނާކޮށްފިއެވެ.

މި ނިންމުން އިޢުލާނުކުރެއްވީ ޕާކިސްތާނުގެ އިންފޯމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިނިސްޓަރ ފަވާދު ޗޯދްރީ، ޓްވިޓަރ މެދުވެރިކުރައްވައެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓްގައިވަނީ ޕާކިސްތާނުގެ ސިނެމާ އެގްޒިބިޓަރޒް އެސޯސިއޭޝަނުން އިންޑިއާގެ ފިލްމުތައް ބޮއިކޮޓް ކޮށްފައިވާ ކަމަށާއި، އެހެންކަމުން އިންޑިއާއިން އުފައްދާ އެއްވެސް ފިލްމެއް ޕާކިސްތާނުގައި ރިލީޒް ނުކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން އިންޑިއާގެ އުފެއްދުންތައް ޕްރޮމޯތްކުރާ އިސްތިހާރުތައް ހުއްޓުވުމަށް ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީއަށްވެސް އަންގާފައިވާނެ ކަމަށް މިނިސްޓަރ ފަވާދުގެ އެ ޓްވީޓްގައި ވެއެވެ.

ޕާކިސްތާނުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ އަންގާރަ ދުވަހުގެ ފަތިހު އިންޑިއާގެ އަސްކަރިއްޔާގެ ވައިގެ ސިފައިން ޕާކިސްތާނުގެ ހަނގުރާމަވެރި ޖައިޝް-އޭ-މުޙައްމަދު ޖަމާއަތުގެ އެންމެ ބޮޑު ކޭމްޕަށް ވައިގެ ހަމަލާތަކެއް ދީފައިވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް