ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 23:25
ސާރާ އަލީ ޚާން އާއި ކަރީނާ ކަޕޫރު
ސާރާ އަލީ ޚާން އާއި ކަރީނާ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކަރީނާ އާއި ސާރާ ދިމާވީ ކިހިނެތް؟
ސާރާއަކީ ޕޫގެ ވަރަށް ބޮޑު ފޭނެއް ކަމަށް ކަރީނާ ބުނި

ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު އޭނާގެ ދޮން ދަރިފުޅު ސާރާ އާއި ފުރަތަމަ ބައްދަލުވިދުވަސް ކިޔައިދީފިއެވެ.

"ކޮފީ ވިތް ކަރަން" ޝޯގައި ކަރީނާ ބުނެފައި ވަނީ އޭނާ ކުޅެފައިވާ 2001 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ކަބި ހުޝި ކަބީ ޣަމް" ރިލީޒް ކުރި ދުވަސްވަރު ކަމަށެވެ.

ސާރާ ކަރީނާ އޭނާގެ މަންމަ އަމްރީތާ ސިންގާ އެކު ކަރީނާ އާއި ބައްދަލު ކުރަން ގޮސްފައި ވަނީ އެ ފިލްމްގެ ލަވައެއް ކަމަށްވާ "ޔޫ އާރ މައި ސޯނީއާ" މި ލަވައިގައި ކަރީނާ ލާފައިވާ ހެދުމާ އެއްގޮތަށް ހުރި ހެދުމެއްގައި ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

އެ ފިލްމްގައި ކަރީނާ އަދާ ކުރަނީ "ޕޫ"ގެ ރޯލެވެ. އަދި ސާރާއަކީ ޕޫގެ ވަރަށް ބޮޑު ފޭނެއް ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ސާރާއަކީ ސައިފް އަލީ ޚާން އާއި އަމްރީތާ ސިންގް އަސް ލިބިފައިވާ އަންހެން ދަރިފުޅެވެ.

ސާރާ ބޮލީވުޑަށް ތައާރަފް ވެފައި ވަނީ މި ދިޔަ އަހަރު ރިލީޒްކުރި އަބީޝެކް ކަޕޫރުގެ ފިލްމް "ކެދަރްނާތް" އިންނެވެ. އެ ފިލްމްގައި ސާރާ ފެނިގެން ގޮސްފައި ވަނީ ސުޝާންތު ސިންގު ރާޖްޕުތާ އެކުގައެވެ.

އެއަށް ފަހު ސަރާ ގެ ފެނިގެން ގޮސްފައި ވަނީ ރަންވީރު ސިންގާ އެކު ކުޅެފައިވާ ފިލްމް ސިމްބާއިންނެވެ.

ސާރާގެ މަންމަ އަދި ސައިފްގެ ކުރީގެ އަނބިމީހާ އަމްރީތާ އާއި ބެހޭގޮތުން ވެސް މި ޝޯގައި ކަރީނާ ވަނީ ވާހަކަ ދައްކާފައެވެ. ކަރީނާ ބުނެފައި ވަނީ އޭނާ އާއި އަމްރީތާ އާ އަދި ދުވަހަކު ވެސް ދިމާނުވާ ކަމަށެވެ. އަދި އަމްރީތާ އަށް އޭނާ ވަރަށް އިހްތިރާމް ކުރާ ކަމަށް ކަރީނާ ވަނީ ބުނެފައެވެ. ކަރީނާ ބުނެފައި ވަނީ ސައިފާއި ދިމާވެފައި ވަނީ އެ ދެ މީހުންގެ ކައިވެނި ރޫޅުތާ އެތައް އަހަރެއް ފަހުން ކަމަށެވެ. ކަރީނާ އާއި ދިމާވި އިރު ސައިފު ހުރީ ސިންގަލްކޮށް ކަމަށާއި ސައިފުގެ ހަޔާތުގައި އޭރު އެއްވެސް މީހަކު ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް