މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ބުރާސްފަތި ދުވަހު ފަށާނެ އެވެ.
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސްއިން ބާއްވާ މި އެކްސްޕޯއަކީ ރައްޖޭގައި ބާއްވާ މި ސިރީޒްގެ 4 ވަނަ އެކްސްޕޯއެވެ. އެކްސްޕޯ ކުރިއަށްދާނީ މި ފެބްރުއަރީ މަހުގެ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން މާރިޗް މަހުގެ 2 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދަރުބާރުގޭގައެވެ. އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހަވީރު 15:00 އިން ރޭގަނޑު 22:00 އަށެވެ.
މި އެކްސްޕޯއަކީ މި ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އެކްސްޕޯ ކަމަށްވާއިރު މި އެކްސްޕޯގައި ރާއްޖެއާއި ބޭރުގެ 40 އަށްވުރެ ގިނަ ކޮލެޖް އަދި ޔުނިވަރސިޓީތަކުން ބައިވެރިވެ، އެ ތަންތާންގައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދޭނެއެވެ.
މި އެކްސްޕޯގައި ބައެއް ކޮލެޖް އަދި ޔުނިވަރސިޓީތަކުން ވަގުތުން އެޑްމިޝަންވެސް ދިނުމަށް ހަމަޖެހިފައިވާއިރު، އެކްސްޕޯގެ ތެރެއިން އެކި ދާއިރާތަކުން ވަރޝޮޕްތަކާއި ސެމިނާތައްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.