މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.
އެ އިދާރާ އިން ވައިޓް އެލާޓް ނެރެފައި ވަނީ އއ. އަތޮޅުން އައްޑޫސިޓީއަށް އަންގާރަ ދުވަހުގެ ރޭ 08:00 އިން މެންދަމު 01:00 އަށެވެ. މެޓް އޮފީހުން ބުނީ ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރެވެހުމާ އެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އެލާޓްގައި މޫސުމަށް ސަމާލުވާން ޖެހޭއިރު ކޮންމެ ވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. އަދި ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ލ. ގަމަށް ވެސް ބޯކޮށް ވާރޭވެހި ހަތް ގެއަކަށް ވަނީ ފެންވަދެފައެވެ.