ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 18:31
ފަތުރުވެރިން
ފަތުރުވެރިން
ރާއްޖެއެމްވީ
ފަތުރުވެރިކަން
މިދިޔަ މަހު ޔޫރަޕުން ރާއްޖެ އައި ފަތުރުވެރިން އިތުރުވެއްޖެ
ޖެނުއަރީ މަހު ރާއްޖެއަށް 151،552 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

މިދިޔަ ޖެނުއަރީ މަހު ޔޫރަޕުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާ އިރު ނުވަ އިންސައްތަ މައްޗަށް ހިނގައްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 151،552 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ މަހު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އޭޝިޔާ ޕެސިފިކްގެ ސަރަހައްދުތަކުންނެވެ. އެގޮތުން އެ ސަރަހައްދުން ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތަކީ 36 އިންސައްތައެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާ އިރު 4.9 އިންސައްތައިގެ އިތުރުވުމެކެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 25،000 އަށް އަރާއިރު އެއީ ޑިސެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންނަށް ވުރެ ދަށް އަދަދެކެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާ އިން 7،239 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މެދުއިރުމަތިން 4،200 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި އެފްރިކާ ސަރަހައްދުން 1،453 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

2018 ވަނަ އަހަރު އެއް މިލިއަން ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގައި ރަޖިސްޓްރީ ކުރެވިފައިވާ ސާޅީސް ހަތަރު ހާސް އަށްސަތޭކަ ފަސްދޮޅަސް އެނދުގެ ތެރެއިން އެވްރެޖްކޮށް ސާޅިސް އެއްހާސް އަށްސަތޭކަ ހަތްދިދަ ހަތް އެނދު އޮޕަރޭޓް ކުރެވިފައިވާއިރު، މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ 10.2 އިންސައްތަ އިތުރުވެފައެވެ.

- ކޮމެންޓް