ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 17:03
ސެލީނާ ގޮމޭޒް އާއި އެރިއާނާ ގްރާންޑޭ
ސެލީނާ ގޮމޭޒް އާއި އެރިއާނާ ގްރާންޑޭ
ޓައިމްސް އޮފް އިންޑިއާ
ހޮލީވުޑް
ސެލީނާއަށް އިންސްޓަގްރާމްގެ ރަނިކަން ގެއްލިއްޖެ
ގްރާންޑޭ އަށް ސެލީނާ އަށް އަށް ވުރެ 13 މިލިއަން ފޮލޯވަރުން ވަނީ އިތުރުވެފައި

އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ފޮލޯ ކުރަމުންދާ އެމެރިކަން ސިންގަރ އަދި އެކްޓްރެސް ސެލީނާ ގޮމޭޒް ވައްޓާލުމަށް ފަހު އެ ލަގަބު އެމެރިކަން ސިންގަރ ސޯންގްރައިޓަރ އަދި އެކްޓްރެސް އެރިއާނާ ގްރާންޑޭ ހޯދައިފިއެވެ.

ސެލީނާގެ 146.2 މިލިއަން ފޮލޯވަރުން ތިބޭއިރު އެރިއާނާގެ އިސްންޓަގްރާމް ފޯލާވަރުންގެ އަދަދު 146.3 މިލިއަން އަށް ވަނީ އަރާފައެވެ. 

ފާއިތުވި ހަތަރު މަސް ތެރޭގައި ސެލީނާ އަށްވުރެ އެރިއާނާގެ ފޮލޯވަރުންގެ އަދަދު 13 މިލިއަން ވަނީ އިތުރުވެފައެވެ.

އުމުރުން 26 އަހަރުގެ ސެލީނާ ވަނީ ރިހެބަށް ދިއުމަށްޓަކައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެގެން އޭނާގެ އިސްޓާގްރާމާ ދުރުވެފައެވެ. އޭގެ ފަހުން ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އޭނާގެ 144 މިލިއަން ފޮލޯވާސްއަށާއި ފޭނުންނަށް އާ އަހަރުގެ ތަހުނިޔާ ކިޔުމަށް ފަހު އެމީހުން އޭނާއަށް ދޭ ސަޕޯޓަށް ޝުކުރު އަދާކޮށް ވަނީ ޕޯސްޓެއް ކޮށްފައެވެ.

އިތުރަށް މި ޕޯސްޓްގައި ބުނެފައި ވަނީ ވޭތިވެ ދިޔަ އަހަރަކީ އޭނާއަށް ބޮޑަތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމަށާއި އަދި އިތުރު ތަޖުރިބާތަކަކާ ކުރިއެރުންތަކެއް ވެސް ލިބުނު އަހަރެއް ކަމަށެވެ.

އެކަންކަމަށް ފަޚުރުވެރިވާ ކަމަށާއި ފެށިގެން މިދާ އާ އަހަރަށް އާ އުންމީދުތަކެއް ކުރާ ކަމަށް ވެސް އޭނާގެ އިންސްޓަރގްރާމް ޕޯސްޓްގައި ބުނެފައި ވެއެވެ.

ސެލީނާ އަށް ވަނީ އެންޒައިޓީ އާއި ޑިޕްރޭޝަން ފަދަ ނުރައްކާތެރި ސިއްހީ އެތައް މައްސަލަތަކަކާ ކުރިމަތިވެފައެވެ. އަދި 2012 ވަނަ އަހަރު ކިޑްނީ ޓްރާންސްޕްލާންޓް ހަދައި ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވެއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބެއިބައާ 2010ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުމަށް ފަހު ދެ މީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހި ދުރުވުމަށް ފަހު ސެލީނާގެ ކިޑްނީ ޓްރާންސްޕްލާންޓަށް ފަހު 2017 ވަނަ އަހަރު އަނެއްކާ ވެސް މި ދެ ފާންނާނުން ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ޖަސްޓިން ވަނީ މަޝްހޫރު މޮޑެލްއެއް ކަމުގައިވާ ހެއިލީ ބާލްޑް ވިން އާއި ކައިވެނީގެ ގޮތުން ގުޅިފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް