ކ. މާލެ
|
26 ފެބްރުއަރީ 2019 | އަންގާރަ 10:34
އެންމެ މޮޅު ފިލްމަކީ
އެންމެ މޮޅު ފިލްމަކީ
މުހައްމަދު ޝަރުހާން
އޮސްކާސް 2019
އޮސްކާސް 2019: ރަން ވަނަތައް
އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައިވަނީ ފިލްމު "ބޮހީމިއަން ރެޕްސޮޑީ" އިން ރަމީ މަލެކް އަށް

އެހެން އަހަރުތަކާއި ޚިލާފަށް ހޮސްޓަކާއި ނުލައި ކުރިއަށް ގެންދިޔަ ހޮލީވުޑްގެ އެންމެ މަޝްހޫރު، އެންމެ ބޮޑު އެވޯޑް ހަފްލާ ހޯމަ ދުވަހު ބާއްވައިފިއެވެ.

މިފަހަރުގެ އޮސްކާ ތަފާތުވާ އެތައް ސަބަބެއް އެބަހުއްޓެވެ. އެގޮތުން މީ މިހާތަނަށް ބޭއްވުނު އެންމެ ކުރު އެއް އޮސްކާ އެވޯޑެވެ. އެއާއިއެކު ކުރިން ހީ ނުކުރާ ވަނަތަކެއް ތަފާތު ފިލްމު ތަކަކަކުން ގެންދިޔަ އިރު އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބޭނެ ކަމަށް އުއްމީދު ކުރި ފިލްމުތަކާއި އެވޯޑް ލިބޭނެ ކަމަށް ބެލެވުނު ބައެއް އެކްޓަރުންނަށް އެވޯޑް ލިބިފައެއް ނުވެއެެވެ.

ހޮލީވުޑުގެ އެތައް ފަންނާނުން އެޝޯގައި ބައިވެރިވެފައިވާއިރު ހުރިހާ ފަންނާނުންގެ ހެދުން އެޅުން ވެސް ވަރަށް ތަފާތެވެ.

މިއަހަރުގެ އޮސްކާގައި އެންމެ މޮޅު ފިލްމަކަށް ގްރީން ބުކް ހޮވިފައިވާއިރު، އެންމެ މޮޅު އެކްޓްރެސްއަކަށް އޮލީވިއާ ކޮމެން އަދި އެންމެ މޮޅު އެކްޓަރަކަށް ރަމީ މަލެކް ވަނީ ހޮވިފައެވެ.

އެންމެ މޮޅު ފިލްމު ގްރީން ބުކް އާއި ވާދަަ ކުރި "ބޮހީމިއަން ރެޕްސޮޑީ"އަށް ހަތަރު އޮސްކާ "ގްރީން ބުކް" އާއި "ބްލެކް ޕެންތާ" އަދި "ރޯމާ" އަށް ތިން އޮސްކާ ލިބިގެން ގޮސްފައިވެއެވެ.

 

އެންމެ މޮޅު ފިލްމް "ގްރީން ބުކް" ގެ ތަރިން

ރަމީ މަލެކް އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައިވަނީ ފިލްމު "ބޮހީމިއަން ރެޕްސޮޑީ" އިންނެވެ. މިއީ އަރަބި ނަސްލުގެ މީހަކަށް އޮސްކާ އެވޯޑެއް ލިބުނު ދެވަނަ ފަހަރެވެ. އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބުނީ އޮލީވިއާ ކޮމަން އެވެ. އެއީ އޭނާ ކުޅެފައިވާ ފިލްމު "ދަ ފޭވަރިޓް" އިންނެވެ. އެތަށް ފަހަރަކު އޮސްކާއަށް ނޮމިނޭޓްވިފަހުން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބުމުން އޮލިވިއާއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

ހޮސްޓަކާއި ނުލައި ތިން ގަޑިއެއްހާ އިރަށް ކުރިއަށް ދިޔަ އޮސްކާ އެވޯޑްސް ލައިވް ސްޓްރީމްކޮން އެތައް މިލިއަން ބަޔަކު ވަނީ ބަލާފައެވެ.

- ކޮމެންޓް