ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 17:46
40 ޕްލަސްގެ ޕޯސްޓަރ
40 ޕްލަސްގެ ޕޯސްޓަރ
ފޭސްބުކް
ދިވެހި ފިލްމީ ދާއިރާ
40 ޕްލަސް އަހަރުގެ ބޮޑު ފިލްމަށް ވަނީ ކީއްވެ؟
މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރޗް 5 ގައި

ކޮމެޑީ ފިލްމު، ނޯޓީ ފޯޓީގެ ސީކުއެލް، 40 ޕްލަސް މިއަހަރު ބޮޑު ފިލްމަށް ވަނީ ކީއްވެގެން ކަން ފިލްމްގެ ޕްރޮޑިސަރ އިސްމާއީލް ޝަފީގް ހާމަކޮށްފިއެވެ.

އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު ރިލީޒް ކުރާ އެ ފިލްމް، ޕްރޯމޯޓް ކުރުމުގައި ހޭޝްޓެގަކާ އެކު "ބިގެސްޓް މޫވީ އޮފް ދަ އިޔާ" ކުރަމުންދާތީ "ރާއްޖެއެމްވީ"ން ސުވާލު ކުރުމުން ޝަފީގު ބުނީ އެ ފިލްމް އަހަރުގެ ބޮޑު ފިލްމަށް ވެގެންދާ އެއް ސަބަބީ މި ފިލްމްގައި ގިނަ ކާސްޓުންތަކެއް ހިމެނޭތީ ކަމަށެވެ. މީގެ އިތުރުން މި ޖޯންރާގައި އުފައްދާ ފިލްމްތަކުގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާނެ ފިލްމަކަށް 40 ޕްލަސް ވެގެންދާނެތީ ކަމަށެވެ.

މި ފިލްމްގެ 20 ޝޯއެއް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ހުޅުމާލެ ޝްވެކް ސިނަމާ އާއި އަތޮޅު ތެރޭގައި ވެސް މި ފިލުމް އެޅުމަވުމަށް ވާހަކަ ދެކެވެމުންދާ ކަމަށް ޝަފީގު ބުންޏެވެ. އެގޮތުން މިހާރު ހދ. ކުޅުދުއްފުށީގައި އަންނަ މާޗް މަހުގެ 14 ގައި ފިލްމް އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޝަފީގް ބުންޏެވެ.

ފިލްމްގެ ޓިކެޓް ވިއްކުން ކުރިއަށް ދަނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް  މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ.

ފިލްމްގެ ޓިކެޓް ބުކް ކުރަން ބޭނުން ފަރާތްތަކުން ފޯޓީ ޕްލަސްގެ ހޮޓް ލައިން ނަމްބަރު 7384040 އަށް ގުޅުމުން ޓިކެޓް ބުކް ކުރެވޭނެ ކަމަށް ޝަފީގް ބުންޏެވެ.

ތަޖުރިބާކާރު އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ 40 ޕްލަސްއަކީ އޯޑިއެންސަށް ކަމުދާނެ، އޯޑިއެންސް ހެއްވާލާނެ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ގިނަ އަދަދެއްގެ ފަންނާނުން ހިމަނައިގެން އުފައްދާފައިވާ އެ ފިލްމުގެ މައި ރޯލުތަކުން ފެނިގެންދާނީ އަލީ ސީޒަން، މުޙައްމަދު މަނިކު، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަޙުމަދު އީސާ، މައިޝާ އަޙުމަދު ސައީދު، ޝީލާ ނަޖީބް، މުޙައްމަދު ފައިޞަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ)، އަދި ފާޠިމަތު އާޒިފާ (އަޒޫ)އެވެ. މީގެ އިތުރުން އެ ފިލްމުން ދާއިރާއަށް މުޅިން އަލަށް ގިނަ ފަންނާނުންތަކެއް ތައާރަފު ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
25 ފެބްރުއަރީ 2019 | ހޯމަ 16:00
އައިސް
ދިވެހި ފިލްމުސްޓާރުން ވަކަހަން ބަޅިދަށް ވެފަ