ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 12:16
މޯރގަން ވުޑްވާރޑް
މޯރގަން ވުޑްވާރޑް
މުހައްމަދު ޝަރުހާން
ފިލްމީ ދާއިރާ
މަޝްހޫރު ފިލްމީ ތަރި މޯރގަން ވުޑްވާރޑް މަރުވެއްޖެ
ފިލްމީ ދާއިރާގައި ހޭދަކޮށްފައިވާ 40 އަހަރުގެ ތެރޭގައި 250 އަށްވުރެ ގިނަ ފިލްމާއި ޓީވީ ޝޯއިން މޯރގަން ފެނިފައިވޭ

މަޝްހޫރު ފިލްމީ ތަރި މޯރގަން ވުޑްވާރޑް މަރުވެއްޖެއެވެ.

"ޑަލާސް" އާއި "ސްޓާ ޓްރެކް" ގެ މަޝްހޫރު ތަރި  މޯރގަން ވުޑްވާރޑް، މަރުވެފައި ވަނީ  22 ފެބްރުއަރީ 2019 ވަނަ ދުވަހު ކެލިފޯނިއާގެ ޕޭސޯ ރޯބްލްސް ސިޓީ ގައެވެ. ފިލްމީ ދާއިރާގައި ހޭދަކޮށްފައިވާ 40 އަހަރުގެ ތެރޭގައި 250 އަށް ވުރެ ގިނަ ފިލްމާއި ޓީވީ ޝޯއިން ފެނިފައިވާ  މޯރގަން ވުޑްވާރޑް، މިދުނިޔެއާ އަލްވަދާއު ކީއިރު އޭނާގެ އުމުރަކީ 93 އަހަރެވެ. އެގޮތުން 1980 އިން 1987 ވަނަ އަހަރާއި ދެމެދު ޓީވީ ޝޯ  "ޑަލާސް" ގެ 55 އެޕިސޯޑެއްގައި" މާވިން ޕަންކް އެންޑަރސަން"ގެ ރޯލުން އޭނާ ފެނިފައިވާއިރު، އޮރިޖިނަލް "ސްޓާ ޓްރެކް" ސީރީޒްގެ ދެ ފިލްމެއްވެސް އޭނާ ވަނީ ކުޅެފައެވެ. މީގެ އިތުރުން، ވުޑްވާޑަކީ "ގަން ސްމޯކް" ޓީވީ ސީރީޒްގެ ވެސް މުހިއްމު ގްސްޓް އެޕެއަރެންސް އެކްޓަރެކެވެ.

އާރލިންގޓަން ގައި އުޅެ ބޮޑުވި ވުޑްވާރޑް އަކީ އެއްބަނޑު އެއްބަފާ ފަސް ބެއިންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ ޕައިލްޓް ކަމުގެ ލައިސަންސް ހޯދުމަށް ފަހު، ކޮރެއާގެ ހަނގުރާމަ އާއި، ދެވަނަ ބޮޑު ހަނގުރާމައިގައި ވައިގެ ސިފައިންގެ ގޮތުގައި  ޚިދުމަތް ކޮށްދީފައެވެ. ވުޑްވާރޑްގެ ފިލްމީ ކެރިއަރު ފެށިފައިވަނީ އޭނާ އާރލިންގޓަން ސްޓޭޓް ކޮލެޖުގައި މަތީ ތައުލީމް ހާސިލް ކުރަން އުޅުނު ދުވަސްވަރުގައެވެ. އެހެން ނަމަވެސް އޭނާ ފަހުން 1948 ވަނަ އަހަރުގައި ވަނީ ޔުނިވަރސިޓީ އޮފް ތެކްސަސް އިން ކޯޕަރޭޓް ފައިނޭންސްގެ ޑިގްރީ އެއް ޙާޞިލް ކޮށްފައެވެ.

މިއުޒިކް އިންޑަސްޓްރިގައި އެތަކެއް އަހަރު މަސައްކަތް ކުރުމަށް ފަހު، 1955 ވަނަ އަހަރުގައި ވުޑްވާރޑް ހޮލީވުޑާއި ގުޅިފައި ވީއިރު ފިލްމެއްގައި އޭނާގެ އެންމެ ބޮޑު ރޯލެއް ފެނިފައިވަނީ "ކޯލް ހޭންޑް ލޫކް" ގައެވެ. މީގެ އިތުރުން ހޮލީވުޑް މޯޝަން ޕިކްޗަރސް އާއި ޓެލެވިޜަން ފަންޑުން ދޭ " ގޯލްޑަން  ބޫޓް އެވޯޑް" ވެސް 1988 ވަނަ އަހަރުގެ އޯގަސްޓް މަހުގައި  އެޑްވާރޑް ވަނީ  ކާމިޔާބު ކޮށްފައެވެ. ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށްފަހު ވުޑްވާޑް މިދިޔަ ހުކުރު ދުވަހު މިދުނިޔެ ދޫކޮށްފައިވަނީ އޭނާއަށް ސަޕޯޓް ކުރާ އެތައް ބަޔެއް ރޮއްވާލަމުންނެވެ.

- ކޮމެންޓް