އެމެރިކާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަދި ކޮރިއޮގްރަފާ ސްޓޭންލީ ޑޮނެން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 94 އަހަރުގެ ސްޓޭން މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ހޮނިހިރު ދުވަހުގެރޭއެވެ.
ސްޓޭން މަރުވިކަން މީޑިއާ އަށް ހަމަކޮށްފައި ވަނީ އޭނާގެ ދަރިފުޅެވެ. ސްޓޭން މަރުވުމާއި ގުޅިގެން އެކަމާއި ހިތާމަކޮށް އިނގިރޭސި ފިލްމް ޑައިރެކްޓަރު އެޑްގާރ ރައިޓްގެ އިތުރުން މިޝަން އިމްޕޮސިބްލް -ސީރީސްގެ ޑައިރެކްޓަރ ކްރިސްޓްޕާ މެކް-ކުއެރީވެސް ވަނީ ޓްވީޓްކޮށްފައެވެ.
RIP the great Stanley Donen, some feat to have multiple classics in both musicals, but also comedies, thrillers, dramas. To have made On The Town, Singin’ In The Rain, 7 Brides For 7 Brothers, It’s Always Fair Weather, Funny Face, Charade, Two For the Road, Bedazzled....just wow. pic.twitter.com/MeArtLTaZE
— edgarwright (@edgarwright) February 23, 2019
ބްރޯޑްވޭ ތިއޭޓަރުގައި ޑާންސަރެއްގެ ގޮތުގައި މަސައްކަތްކުރި ސްޓޭން ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފިލްމަކީ 1949 ވަނަ އަހަރު ނެރުނު ''އޮން ދަ ޓައުން''އެވެ. އެ ފިލްމްވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
އޭގެ އަހަރު ތަކެއް ފަހުން 1952 ވަނަ އަހަރު ނެރުނު ''ސިންގިން އިން ދަ ރެއިން'' ވެގެން ގޮސްފައިވަނީ ސްޓޭންގެ އެންމެ ކާމިޔާބު އެއް ފިލްމެއްގެ ގޮތުގައެވެ.
ސްޓޭންގެ ޑާންސް ކުރުމަށް ހުންނަ ލޯބި އާއްމުންނާއި ހަމަޔަށް ގެނެސްދިނީ '' ސިންގިން އިން ދަ ރެއިން'' ފިލްމުންނެވެ
ކުޑަ ބަޖެޓަކުން ހެދި އެ ފިލްމު ވެގެން ގޮސްފައިވަނީ އެމެރިކާގައި މިހާތަނަށް އުފެއްދި އެންމެ މޮޅު މިއުޒިކަލް ފިލްމުގެ ގޮތުގައެވެ.
އެ ފިލްމުގެ ތީމް ލަވަ ''ސިންގިން އިން ދަ ރެއިން'' އަކީ މިހާރުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވައެކެވެ.
ސްޓޭންގެ ހަޔާތުގައި އޭނާ ވަނީ 28 ފިލްމު ޑައިރެކްޓްކޮށް 17 ފިލްމެއްގައި ކޮރިއޯގްރާފެއް ގޮތުގައި މަސައްކަތްކޮށްފައެވެ. ސްޓޭންގެ ފިލްމަކަށް އޮސްކާ އެވޯޑެއް ލިބިފައި ނުވިޔަސް ފިލްމި ދާއިރާއަށް އޭނަކުރި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 1998 ވަނަ އަހަރު އޭނާއަށް ވަނީ ''ހޮނެރަރީ އޮސްކާ'' އެވޯޑެއް ދީފައެވެ. ސްޓޭން އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވާ ފިލްމަކީ 1999 ނެރުނު ލަވް ލެޓާސްއެވެ.