އިންތިހާބު ފަސަކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ތާވަލް ކޮށްފައިވާ ދުވަހަށް ބޭއްވުމުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ . އީސީން ބުނެފައި ވަނީ ރަސްމީކޮށް ޕީޕީއެމް އިން ސިޓީ ހުށަހެޅުމާއި ގުޅިގެން މަޝްވަރާ ކުރާނެ ކަމަށާއި އިންތިހާބު ފަސްކުރުމުގެ އެެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
Rayyithun majileehuge inthikhaab EC in schedule kohfaa vaa gothah beyvumuga ehves gaanoonee huraheh neh
— Ahmed Shareef (@ShareefRangondi) February 23, 2019
އީސީން މިހެން ބުނެފައިވަނީ ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ބުނެ އިންތިހާބު ފަސްކޮށްދޭން ޕްރޮގްރެސިވް ކޯލީޝަނުން އިލެކްޝަންސް ކޮމިޝަނުގައި އެދިފައި ވަނިކޮށެވެ. އެގޮތުން ޕީޕީއެމް އާއި ޕީއެންސީ އިން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޕީޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބު ބޭއްވޭ މާހައުލެއް ނެތް ކަމަށް ބުނެ އިލެކްޝަނަށް ހުށައެޅި ސިޓީގައި ފާހަގަކޮށްފައިވާނެ އެއް ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ހައްޔަރު ކޮށްފައި ހުރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ.