ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 07:22
ޓޯޓަލް ދަމާލް ގެ ބައެއް ތަރިން
ޓޯޓަލް ދަމާލް ގެ ބައެއް ތަރިން
ޓްވިޓަރ
ބޮލީވުޑް
ޓޯޓަލް ދަމާލުގެ ފެށުން ވަރަށް ކާމިޔާބު
ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ވަނީ 16.50 ކްރޯޑް ރުޕީސް ލިބިފައި

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ޓޯޓަލް ދަމާލް" އަށް ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައެވެ.

އަޖޭ ދޭވްގަން، އަރުޝަދު ވަރްސީ، ޖާވިދް ޖެފްރީގެ އިތުރުން ވެސް ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމަށް ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ވަނީ 16.50 ކްރޯޑް ރުޕީސް ލިބިފައެވެ.

އިންދްރާ ކުމާރު ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގައި ކުރީގެ މަޝްހޫރު އޮން ސްކްރީން ޕެއަރއެއް ކަމަށްވާ އަނިލް ކަޕޫރާއި މާދްރީ ޑިކްސިޓް 19 އަހަރަށް ފަހު އެކުގައި ފެނިގެންދާނެއެވެ. މި ދެ ތަރިން އެކުގައި ޑައިރެކްޓަރ އިންދްރާ ކުމާރުގެ ފިލްމެއް ކުޅެފައި ވަނީ މީގެ 26 އަހަރު ކުރިންނެވެ. އަދި އޭނާ ވަނީ މި ދެ ތަރިންނާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ފިލްމްގެ ޝޫޓިން ފެށިކަން އިއުލާން ކޮށްފައެވެ.

މަދޫރީ އާއި އަނިލް އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ޕުކާރު"އިންނެވެ. މި ފިލްމުގައި ހޮލީވުޑް ފިލްމްތައް ކަމަށްވާ "ހޭންގްއޯވާ 2"، "ޖޯޖް އޮފް ދަ ޖަންގަލް" އަދި "ނައިޓް އެޓްދަ މިއުޒިއަމް" އިން ފެނިގެންދާ ފަދަ ރާމާ މަކުނެއް ވެސް ފެނިގެންދާނެ ކަމަށް ފިލްމް އުފައްދާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

"ޓޯޓަލް ދަމާލް" އަކީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމް 'ދަމާލް'ގެ ތިން ވަނަ އިންސްޓޯލްމަންޓެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް