ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 18:19
އާލިއާ ބަޓް އާއި ރަންވީރު ސިންގް
އާލިއާ ބަޓް އާއި ރަންވީރު ސިންގް
ގޫގުލް
ބޮލީވުޑް
ގަލީ ބޯއީ 100 ކްރޯޑް ކުލަބަށް!
މި ފިލްމް ވެގެން ގޮސްފައިވަނީ އާލިއާ ބަޓް ކުޅުން ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށް

ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ގަލީ ބޯއީ" ވަނީ ފިލްމް ރިލީޒް ކުރިތާ އަށް ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި 100 ކްރޯޑް ކްލަބަށް ވަދެފައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވާގޮތުން "ގަލީ ބޯއީ" ރިލީޒް ކުރި ބުރާސްފަތި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 19.40 ކްރޯޑް ރުޕީސްއެވެ. އަދި ހުކުރު ދުވަހު 13.10 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހޮނިހިރު ދުވަހު ލިބިފައި ވަނީ 18.65 ކްރޯޑް ރުޕީސްއެވެ. އާދިއްތަ ދުވަހު މި ފިލްމަށް ލިބިފައި ވަނީ 21.30 ކްރޯޑް ރުޕީސްއެވެ. ހޯމަދުވަހު 8.65 ކްރޯޑް ރުޕީސް ލިބިފައިވާއިރު އަންގާރާދުވަހު ލިބިފައި ވަނީ 8.05 ކްރޯޑް ރުޕީސް، ބުދަ ދުވަހު 6.05 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އަދި އަށް ވަނަ ދުވަހު ލިބުނު އާމްދަނީ އާއި އެކު 99 ކްރޯޑަށް އަރާފއިވާއިރު ނުވަ ވަނަ  ދުވަހު ވަނީ 3.75 ކްރޯޑް ރުޕީސް ލިބިފައެވެ.

އެހެން ކަމުން މިފިލްމަށް ޖުމްލަ ލިބުނު އާމްދަނީ މިހާރު ވަނީ ސަތޭކަ ކްރޯޑަށް އަރާފައެވެ.

ޒޯޔާ އަޚްތަރު ޑައިރެކްޓް ކޮށްފައިވާ "ގަލީ ބޯއީ"ގައި ދައްކުވައިދެނީ އިންޑިއާގެ ރަށްފުށުގެ ފަގީރު އާއިލާއެއްގެ ޒުވާނަކު ކާމިޔާބު ރެޕާއަކަށް ބަދަލުވެގެންދާގޮތެވެ. ބާލިން ފިލްމު ފެސްޓިވަލްގައި މި މަހުގެ 9 ވަނަ ދުވަހު ޕްރިމިއާކޮށްގެން ގިނަ ބައެއްގެ ތައުރީފު ވެސް އޮހުނު "ގަލީ ބޯއި"އަކީ އިންޑިއާގެ މަގުމަތިން އުފަންވި ކާމިޔާބު ދެ ރެޕުން ކަމަށްވާ ނައޭޒީ އާއި ޑިވައިންގެ ވާހަކައިން އިންސްޕަޔާވެގެން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމް ވެގެން ގޮސްފައިވަނީ އާލިއާ ބަޓް ކުޅުން ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

 

- ކޮމެންޓް