އިމިގްރޭޝަންގެ އިސް ދެ ބޭފުޅަކު މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑުކޮށްފިއެވެ.
އެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ.
މިކަން އިމިގްރޭޝަންގެ އިސް އޮފިސަރަކު ވަނީ ރާއްޖެއެމްވީއަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަސްޕެންޑުކޮށްފައި ވަނީ އިމިގްރޭޝަނުގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނެވި ހާމިދު ފަތުހުﷲ އާއި އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލާ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު އެވެ.
މި ދެ ބޭފުޅުން ސަސްޕެންޑް ކުރީ ބުދަ ދުވަހު އެވެ. މިބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ ކޮން މައްސަލައަކާއި ގުޅިގެންކަން އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.