އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.
އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން ރައީސް ސޯލިހު އަމަލު ކުރައްވަމުން ގެންދަވާ ހިތްވަރު ގަދަ އަދި ހަމަހަމަ އުސޫލަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މިމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި މެދު އަވަސް ފިޔަވަޅު އަޅުއްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
MMPRC ge bodu khiyaanaathai gulhigen Raees Ibrahim Mohamed Solih amal kuravvamun gendhava hivvarugadha adhi hamahama usoolah alhugandu furihama ah thaaidhukuran.Mi massalaiga thuhumathu kurevey faraiythakai medhu avas fiyavalhu alhuvvaane kamaaimedhu shakkeh nukuran.Marhaba Raees
— Mohamed Nasheed (@MohamedNasheed) February 21, 2019
އެމްއެމްޕީއާރްސީގެ ހިޔާނަތަކީ ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތެވެ. މިހިޔާނާތުގައި ސިޔާސީ ބޭފުޅުންނާއި، ވިޔަފާރިވެރިން ބައިވެރިވެފައިވާއިރު، އޭސީސީގެ ރިޕޯޓާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމް ވެސް ވަނީ ގޭގައި މަޑުކުރަން އަންގާފައެވެ.
މީގެ އިތުރުން ފެން ކުންފުނީގެ ޗެއާމަން އަދި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެމްއެމްޕީއާރުސީގެ ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގައި އޭނާވެސް ގޭގައި މަޑުކުރަން ރައީސް ސޯލިހު ވަނީ އަންގަވާފައެވެ.