ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެންޑިޑެސީ ފޯމް ހުށައެޅުން މިއަދު 4 ޖެހުމާއެކު މުއްދަތު ހަމަވެއްޖެއެވެ.
އިލެކްޝަންސް ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖެހުމާއި ހަމައަށް ކެންޑިޑެސީ ފޯމުލުމަށް މުއްދަތު ހަމަވިކަމުގައި ވިއަސް އަދި ސީދާ އަދަދު އެނގި ނުލައްވާ ކަމަށެވެ. އެހެން ނަމަވެސް ބުދަ ދުވަހުގެ ނިޔަލަށް 366 ކެންޑިޑޭޓުން ފޯމް ހުޅަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބުދަ ދުވަހާއި ހަމައަށް ކެންޑިޑެސީ ފޯމު ހުށައެޅި ފަރާތްތައް:
އެމްޑީޕީ: 86
އަދާލަތު ޕާޓީ: 09
ޖުމްހޫރީ ޕާޓީ: 41
ޕީޕީއެމް: 26
އެމްޑީއޭ: 08
ޕީއެންސީ:23
ޑީއާރުޕީ: 04
އެމްޓީޑީ: 07
އެމްއެލްއެސްޑީ: 09 އަދި
އަމިއްލަ ގޮތުން: 153 މީހުންނެވެ.
ކެންޑިޑޭޓުންގެ ގުރުއަތުލައި ނަން ތަރުތީބު ކުރުން 27 ފެބްރުއަރީގައި ބާއްވާނެ ކަމަށް އިލެކްޝަންސް ކަމިޝަނުން ވަނީ ބުނެފައެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރީރެޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެ މީހަކު ވޯޓްލީ ތަން ބަދަލު ނުވާނަމަ މި ފަހަރުގެ އިންތިހާބަށް ރީރެޖިސްޓްރީވާން ނުޖެހޭނެއެވެ.
އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެއެވެ.