ހުޅުމާލޭގައި މީހެއްގެ ބޮލަށާއި, މެޔަށް އަދި އަތައް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މިމާރާމާރީ ހިންގާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 07:10 ހާއިރު އެވެ.
ފުލުހުންވެސް ވަނީ ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ 33 އަހަރުގެ ފިރިހެނަކަށް ކަމަށާއި، އޭނާގެ އަތާއި ބޮލަށް އަދި މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.