ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިނިސްޓަރ އޮފް ޑިފެންސްގެ ނައިބުގެ މަގާމަށް އަލްއުސްތާޛް ހަސަން ޒަމީލު އައްޔަނު ކުރައްވައިފިއެވެ.
މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ހަސަން ޒަމީލަކީ މާސްޓަރ އޮފް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޒަމީލު ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އަރޓްސް އެންޑް ކަލްޗަރގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ.
ޒަމީލް މި މަގާމަށް އައްޔަނު ކުރުމާއެކު ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައްޔާއި، މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައި އައްޔަނު ކުރި މީހުންގެ އަދަދު ވަނީ 100އަށް ވުރެ އިތުރުވެފައެވެ. މިއީ މި ސަރުކާރުން ކުރިން ބުނެފައިވާ އަދަދަށް ވުރެ ބޮޑު އަދަދެކެވެ.