ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށައިފިއެވެ.
އައިޖީއެމްއެޗަށް ރައީސް ޔާމީން ގެނައުމާ އެކު ބަޔަކު ވަނީ އެ ހޮސްޕިޓަލަށް އެއްވެފައެވެ. އެއްވި މީހުންގެ ތެރޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން، ފުލުހުން ވަނީ ޕެޕާ ސުޕްރޭ ޖަހައި، އެއްވި މީހުން އެތަނުން ދުރަށް ޖެއްސުމުގެ މަސައްކަތްކޮށްފައެވެ.
Raees yaamin ge supporterun igmh thereygai @Raajje_tv pic.twitter.com/KElke1oFjW
— Dhaanish (@Dhaanish_Nizam) February 20, 2019
ޕެޕާ ސްޕްރޭ އަސަރުކޮށްގެން، އައިޖީއެމްއެޗުގައި ހުންނެވި ޕީއެސްސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބިންމައްޗަށް ވެއްޓުނެއެވެ. އޭނާ އާއެކު އެހެން ބަޔަކު ވެސް ބިންމަތީގައި އޮށޯވެގެން ތިއްބެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ، އެ މީހުން ވަނީ އެތަނުން ތެދުވެގެން ގޮސްފައެވެ.
އައިޖީއެމްއެޗަށް އެއްވި މީހުން އެތަނުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަން ފެށުމުން، ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަނީ އެތަނުގައި ތިބި ރާއްޖެޓީވީގެ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި، އަނިޔާކޮށްފައެވެ. އެގޮތުން ރާއްޖެޓީވީގެ ކެމެރާމަންގެ ގައިގައި އަތްލައި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އަނިޔާކޮށްފައެވެ.
Noosveringe minivankamah hurasalhany . Live @igmh @Raajje_tv pic.twitter.com/LNU66qzLZd
— Dhaanish (@Dhaanish_Nizam) February 20, 2019
އައިޖީއެމްއެޗަށް އެއްވި މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ކުރާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ސަބަބެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކުން އަދި ހާމައެއް ނުކުރެއެވެ.