އެކްސިޑެންޓެއް ވުމުން މަޑުނުކޮށް ފިލައިގެން ދިޔަ މީހާ ހޯދާ ސައިކަލު ޓޯކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައި ވަނީ އަންގާރަ ދުވަހުގެ ރޭ 9:50 ގައި އަމީނީމަގު އެވިޑް ކޮލެޖް ކައިރިން ހިނގާފައި ދިޔަ 54 އަހަރުގެ އަންހެނެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އަނިޔާވި މީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ދެ ތަނަކުން މަށައިގެން ގޮސް އަރިކައްޓަށާއި އުނަގަނޑަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެކްސިޑެންޓް ހިނގި އިރު ސައިކަލްގައި ދެ ޒުވާނުން ތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ފުލުހުން ބުނެފައިވަނީ ސައިކަލް ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ އަތުގައި އެއްގަމު އުޅަނދު ދުއްވާ ލައިސަންސް ނޯންނަ ކަމަށެވެ. އެމީހާ ހޯދައި ސައިކަލް ޓޯކޮށްފައިވާއިރު ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.