ފުވައްމުލަކުގައި އަންގާރަ ދުވަހުގެ ރޭ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ފުވައްމުލަކު ފުނާޑު ޕާކް ކައިރިން ތާރު މަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ 22:16 ހާއިރު ކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވީ ދެ ފިރިހެނާއި އަންހެނަކަށެވެ.
އެކްސިޑެންޓްވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.